އެކިރަހަ: ސިންފަނީގެ މޮހީޓޯ ޕާސްތާ ވިތް މަޝްރޫމް އެންޑް ޕްރޯންސް

ސިންފަނީގެ މޮޖީޓޯ ޕާސްތާ ވިތް މަޝްރޫމް އެންޑް ޕްރޯންސް ---

މިއަދުގެ އެކި ރަހަ އެޕިސޯޑުގައި މި ގެނެސްދެނީ ސިންފަނީ ރެސްޓޯރެންޓުގެ މޮހީޓޯ ޕާސްތާ ވިތް މަޝްރޫމް އެންޑް ޕްރޯންސް ތައްޔާރު ކުރާނެ ގޮތެެވެ.

ބޭނުންވާ ތަކެތި:

  • ޕްރޯންސް
  • މަޝްރޫމް
  • ލޮނު
  • ލުނބޯ ހުތް
  • އަސޭމިރުސް
  • އޮލިވް އޮއިލް
  • ކުކިން ކްރީމް
  • ފްރެޝް މިލްކް
  • ޗީޒް
  • ފިޔާ، ކިއުބްކޮށް ކޮށާފަ
  • ލޮނުމެދު، ހިމުންކޮށް ކޮށާފަ
  • މިންޓް ލީވްސް
  • މޮހީޓޯ ސިރަޕް
  • ޕާސްތާ

ތައްޔާރު ކުރާނެ ގޮތް:

މި ޑިޝް ތައްޔާރުކުރުމަށްޓަކައި އެންމެ ފުރަތަމަ ތަވައަކަށް ތެޔޮ ކޮޅެއް އަޅާލުމަށް ފަހު ފިޔާކޮޅާއި ލޮނުމެދުކޮޅު ވަޅޯ ވަންދެން ކައްކާލާނީއެވެ.

އެއަށްފަހު ކުކިން ކްރީމްކޮޅު އަޅާލާނީއެވެ. ދެން ކައްކާފަ ހުރި ޕާސްތާ ކޮޅު އަޅާލުމަށްފަހު އެއްކޮށްލާނީއެވެ. އެއަށްފަހު ޗީޒްކޮޅު އަޅާލާނީއެވެ.

ދެން މިލްކް ކޮޅު އެޅުމަށްފަހު ރަހަލާ ވަރަށް އަސޭމިރުހާއި ލޮނު އަޅާލުމަށްފަހު އެއްކޮށްލާނީއެވެ. އެންމެ ފަހުން ކޮށާފަ ހުރި މިންޓް ލީފް ކޮޅާއި މޮހީޓޯ ސިރަޕް އަޅާލުމަށްފަހު އެއްކޮށްލާނީއެވެ.

އޭގެފަހުން މި ޑިޝް ތައްޔާރު ކުރުމަށް ކުރާނެ ކަމަކީ ޕްރޯންސް ކޮޅު މެރިނޭޓްކޮށްލާނީއެވެ. އެގޮތުން ޕްރޯންސް މެރިނޭޓް ކުރުމަށް އަޅާނީ ލުނބޯ ހުތްކޮޅަކާއި އަސޭމިރުހާއި ލޮނު ކޮޅެކެވެ. އޭގެފަހުން ޕްރޯންސްކޮޅު މެރިނޭޓް ކުރުމަށް ކުޑަ އިރުކޮޅަކު ބަހައްޓާނީއެވެ.

މެރިނޭޓް ކޮށް ނިމުމުން ޕްރޯންސް ކޮޅު ތަވައެއްގައި ގްރިލް ކޮށްލާނީއެވެ. ދެން މަޝްރޫމް ވެސް ރޯފިލާ ވަރަށް ކައްކާލާނީއެވެ.

މިހާރު ހުންނާނީ މި ޑިޝް ޕްލޭޓް ކުރުމަށް ތައްޔާރުވެފައެވެ. އެގޮތުން އެންމެ ފުރަތަމަ ކެއްކި ޕާސްތާ ކޮޅު ތައްޓަކަށް އަޅާލާނީއެވެ. ދެން ޕާސްތާގެ މަތީ ޕްރޯންސް ކޮޅު ރީތިކޮށް އަތުރާލާނީއެވެ.

ދެން މަޝްރޫމް ކޮޅު އަޅާލުމަށްފަހު މިންޓް ލީފް ކޮޅަކުން ގާނިޝްކޮށްލުމުން ހުންނާނީ ކެއުމަށް ތައްޔާރުވެފައެވެ.

މިއަދުގެ އެޕިސޯޑުގައި ތައްޔާރު ކުރި ޑިޝް އަކީ ހުރިހާ ފަރާތްތަކަށް ކަމުދާނެ ޑިޝްއަކަށް ވާނެ ކަމަށް އުންމީދު ކުރަމެވެ.

comment ކޮމެންޓް