އެކިރަހަ: ސިމްފަނީގެ ލޭމްބް ސެފްރާނޯ

ސިމްފަނީގެ ލޭމްބް ސެފްރާނޯ --

އެކި ރަހަ ޕްރޮގްރާމްގެ މިއަދުގެ އެޕިސޯޑުގައި މި ގެނެސްދެނީ ސިމްފަނީ ރެސްޓޯރަންޓުގެ ލޭމްބް ސެފްރާނޯ ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • ލޭމްބް (ކަންބަޅި މަސް)
  • ރޯސްމެރީ
  • ލޮނު
  • އަސޭމިރުސް
  • މަސްޓަޑް ކްރީމް
  • ޓޮމާޓޯ
  • ވަޅޯމަސް ރިހަ
  • ކައްކާފައި ހުރި ބަތް
  • ބީޓްރޫޓް
  • އޮލިވް އޮއިލް

ތައްޔާރު ކުރާނެ ގޮތް:

މި ޑިޝް ތައްޔާރު ކުރުމަށް އެންމެ ފުރަތަމަ ލޭމްބްކޮޅުގައި ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް ހާކާލުމަށްފަހު މެރިނޭޓްކޮށްލާނީއެވެ.

ދެން މެރިނޭޓް ކުރި މަސްކޮޅު މަސްޓަޑް ކްރީމް ކޮޅެއް ހާކާލުމަށް ފަހު އޮލިވް އޮއިލް ކޮޅެއްގައި ފްރައިކޮށްލާނީއެވެ.

އެއަށްފަހު ހުންނާނީ ޑިޝް ޕްލޭޓް ކުރުމަށް ތައްޔާރުވެފައެވެ.

ޕްލޭޓްކުރުމަށްޓަކައި އެންމެ ފުރަތަމަ ކޮށާފައި ހުރި ޓޮމާޓޯ ކޮޅާއި ބީޓްރޫޓްކޮޅު ތައްޓެއްގައި އަތުރާލާނީއެވެ. އެއަށްފަހު މަސްކޮޅު ބޭއްވުމަށް ފަހު އޭގެ މައްޗަށް ވަޅޯމަސް ރިހަކޮޅު އަޅާލާނީއެވެ.

ދެން ކައްކާފަ ހުރި ބަތް އަޅާނީ ވަކި ތައްޓަކަށެވެ.

މި ޑިޝްއަކީ ބޭރުގެ ރަހަތަކާއި ދިވެހި ރަހަތައް އެއްކޮށް ތައްޔާރުކުރާ ޑިޝްއެއް ކަމުން ހުރިހާ ފަރާތްތަކަށް މި ޑިޝް ކަމުދާނެ ކަމަށް ހީކުރަމެވެ.

comment ކޮމެންޓް