ގިރާވަރުފަޅުގެ ލޭންޑްޔޫސް ޕެލޭނާ ގުޅޭ ގޮތުން ގޯތި ލިބުނު މީހުންނާ މަޝްވަރާކުރަނީ

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން ----

ކ. ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެ ތަނުން ގޯތި ލިބުނު މީހުންނާއެކު ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީއިން މިއަދު ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނީ ގިރާވަރުފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މި މަހު 27ވާ ބުދަ ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވުމަށް ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތަކަށް މި ބައްދަލުވުމުގައި ބައިވެރިވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

އެގޮތުން ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުންނާއި ޚިޔާލު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީއިން ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

އެކަމަށް އެދޭ ފަރާތްތަކުން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅުމަށް އެ އިއުލާނުގައިވެއެވެ.

މީގެއިތުރުން، އެ ފަޅު ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، މިނިސްޓްރީއިން ވަނީ ގިރާވަރު ފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭން އެ އިއުލާނުކޮށްފައެވެ.

އެ ޕްލޭންގައިވާ ގޮތުން ގިރާވަރުފަޅުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ހޮސްޕިޓަލްތަކާއި ސުކޫލުތަކާއި އެހެނިހެން ބޭނުންތަކަށް ބިންތައް ކަނޑައަޅާފައިވެއެވެ.

comment ކޮމެންޓް