Ooredoo
Dhiraagu

ހޫނު ގަދަވުމުން މުރަކަތައް ހުދުވާން ފަށައިފި

މުރަކަ ފަރެއް ހުދުވެފައި: ހޫނު ގަދަވުމުން މުރަކަތައް ހުދުވާން ފަށައިފައިވާ ކަމަށް އެމްއާރްއައި އިން ބުނޭ --- ފޮޓޯ/ ދަ ޓެލްގްރާފް

ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މުރަކަތައް ހުދުވާން ފަށާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިއުޓް (އެމްއާރްއައި)އިން މިއަދު ބުނެފިއެވެ.

Ooredoo

އެމްއާރްއައިއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މުރަކަތައް ހުދުވުމުގެ ހާދިސާތައް ހިނގާފާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި މިހާރު ވެސް ބައެއް ހިސާބުތަކުގައި މުރަކަތައް ހުދުވާން ފަށައިފައިވާ ކަމަށެވެ.

އެގޮތުން އެފަދަ ހާދިސާއެއް ދިމާވެދާނެ ކަމަށް ލަފާކޮށް އެމްއާރްއައިއިން ނެރުނު ފޯކާސްޓު ދައްކާގޮތުން ރާއްޖޭގެ ކަނޑުތައް މިހާރު އޮތީ 'ވޮޗް ލެވެލް' ގައެވެ.

އެމްއާރްއައިން ވަނީ ކުރިއަށް އޮތް 12 ހަފުތާ ތެރޭގައި 'އެލާޓް ލެވެލް 2' އަށް ހިނގައިދާނެ ކަމަށް ލާފަކޮށްފައެވެ. އެއާ އެކު، ކުރިއަށް އޮތް ހަތަރު ހަފުތާ ތެރޭ 'ވޮޗް ލެވެލް'އިން 'ވޯނިން ލެވެލްއަށް'އަށް އަރާނެ ކަމަށް އެ ފޯކާސްޓުން ދައްކައެވެ.

މީގެ އިތުރުން، މި ދުވަސްވަރަކީ ރާއްޖެއަށް ހޫނުގަދަ ދުވަސްވަރަކަށް ވާއިރު، ގާ ހުދު ވުމުގެ ހާދިސާއެއް ހިނގާކަން ފާހަގަކުރެވޭނެ ނަމަ އެކަން އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ރިޕޯޓްކުރުމަށް އެމްއާރްއައިއިން ވަނީ އެދިފައެވެ.

ގާ ހުދުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކު، އާދަޔާ ޚިލާފަށް ދުނިޔެ ހޫނުވުމެވެ. އެ އިދާރާއިން މީގެ ކުރިން ބުނީ ކަނޑުފަޅުތަކާއި ފަރުތަކަކީ ސީދާ ގޮތުން ރާއްޖޭގެ އިގުތިސާދާ ގުޅިފައިވާ ކަމަކަށް ވާތީ ފަރުތަކުގެ ގާތައް ހުދުވުމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެކަމަށެވެ.

މިދިޔަ އަހަރު ވެސް މިހާތަނުގައި ރާއްޖޭގެ މުރަކަތައް ހުދުވުމުގެ ހާދިސާތައް ދިމާވިއެވެ.

Redstar
comment ކޮމެންޓް

comment ހަމިސް ދަރީ

1 year 1 month ago

ދެން ރިޕޯޓްކުރީމަ އަޅާ ފިޔަވަޅަކީ ކޮބާ؟ ތިޔަ އޮފީހުން އެކަން ރަނގަޅުކުރުމަށް ކުރެވުނީކޮންކަމެއް؟

comment ޖަޑިބު

1 year 1 month ago

އީޕީއޭ އިން ޖޫރިމަނާ ނުކުރޭތަ؟

comment ނުކިޔަވާ މީހާ

1 year 1 month ago

ޤްދްރަތީ ނިޒާމް އެއިގެ ގޮތުގައި ބަރާބަރަށް ހިނގާނެ !!! އިންސާނާ ހަމަ ދެލޯބޮޑުކޮށްގެން ހުންނަން ޖެހޭނީ!!!! فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ [٥٦:٨٣]وَأَنتُمْ حِينَئِذٍ تَنظُرُونَ [٥٦:٨٤]وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ [٥٦:٨٥]

reply އޮރެންޖްބެރި

1 year 1 month ago

އިންސާނާ ކުރާ ޕޮލިއުޝަން އިންސާނާ ގަބޫލުކުރަން ބޭނުން ނުވަނީ ކީއްވެތަ؟ ކަނޑުގެ އަޑިން ތެޔޮ ނަގައިގެން އެ އަންދައިގެނެއް ނޫން އިންސާނުން މިއޮއް ހުރިހާ ގަރުނެއްގައި އުޅުނީކީ. އެކި މައުދަން ބޭނުންކޮށްގެން އިންސާނުން އެޓޮމިކް ބޮމްވެސް ހެދީ. އިންސާނުންކުރާ ކަންތަކުން މާހަުއުލަށް އަސަރުކުރޭ. އިންސާނާގެ ވެސް ޒިންމާތަކެއްވޭ. އަހަރެން ވެސް ދައްކަފާނަން ޤުރުއާނުގެ އާޔަތެއް. ބަލާ 13 ވަނަ ސޫރަތުގެ 11 ވަނަ އާޔަތް.