ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު މެދުކެނޑުމެއްނެތި ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާއަށް ގެނައި ޑްރޯންތައް މިރޭ ރަައީސް ޑރ. މުޙައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ.
މި ޑްރޯންތައް އިފްތިތިހާކޮށްދެއްވައި މި ކަން ފަށައި އޮޕަރޭޓުކުރުމުގެ އަމުރުގައި ރައީސް ސޮއިކުރެއްވީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ އޮތް ރަސްމިއްޔާތުގައެވެ.
މި ޑްރޯން ތައާރަފްކުރުމަށްފަހު މިރޭވަނީ ފުރަތަމަ ޑްރޯން ރައީސްގެ ހާޒިރުގައި އުދުއްސައިލައިފައެވެ.

އެމްއެންޑީއެފްގެ ޑްރޯންތައް ކޮންޓްރޯލްކުރާ ކޮމާންޑު ސެންޓަރު --
ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެއެވެ. އަދި، 150 ކިލޯގެ ޕޭލޯޑް ކެޕޭސިޓީއެއް ލިބިގެންވެއެވެ.

ރައީސް މުއިއްޒު ޑްރޯން ބައްލަވައިލައްވަނީ --
އެންމެ ޒަމާނީ އާލާތްތަކާ އެކު އުދުއްސޭ މި ޑްރޯން 70 އާއި 120 ނޮޓުގެ ސްޕީޑުގައި 27 ގަޑިއިރަށް ވުރެ ގިނައިރު ދުއްވޭނެއެވެ. އަދި، 25،000 ފޫޓަށްވުރެ މަތިން ދުއްވުމުގެ ގާބިލުކަން ވެސް މި ޑްރޯންގައި ހުރެއެވެ.
ސާޖިކަލް ޕްރިޒިޝަން ސްޓްރައިކްތައް ހެދުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރޯން އޮޕަރޭޓްކުރާނީ އެމްއެންޑީއެފްގެ ހާއްސަ ޓީމަކުންނެވެ.

އެމްއެންޑީއެފްގެ ޑްރޯނެއް --
ރާއްޖޭގެ އީއީޒެޑް ދިވެހިން އަމިއްލައަށް ބެލެހެއްޓުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. މި ރަސްމިއްޔަތުގައި މަސްވެރިންނާއި ދަތުރުވެރިންގެ ރައްކާތެރިކަމަށްޓަކާ އެޕްލިކޭޝަނެއް ވެސް ތައާރަފް ކުރެވޭނެއެވެ.