‎އައިއޯއެސް 18ގައި ޑިފޯލްޓް ނެވިގޭޝަން މެޕް ބަދަލުކޮށްލެވޭނެ

އައިފޯން ބޭނުންކުރާ ގިނަބައެއްގެ ދިގު އިންތިޒާރަކަށް ނިމުމެއް ގެނެސްދިނުމަށް އެޕަލްއިން ވަނީ ނިންމާފައެވެ. އެގޮތުން އައިއޯއެސް 18 ސޮފްޓްވެއާ އަޕްޑޭޓް މި އަހަރުގެ ފަހުކޮޅު ނެރޭއިރު ޑިފޯލްޓް ނެވިގޭޝަން އެޕް ނުވަތަ ފޯނުގެ މެޕް، ތާޑްޕާޓީ މެޕަކަށް ބަދަލުކުރުމުގެ ފުރުސަތު ‎‎ދިނުމަށް ވަނީ ނިންމައިފައެވެ.‎

‎އެޕަލްގެ މި ބަދަލުގެ ސަބަބުން އެ ކުންފުނީގެ ޑިވެލޮޕަރު ޕްރޮގްރާމުގައި ނަން ނޯޓުކުރާ ކަސްޓަމަރުންނަށް ޑިފޯލްޓް ‎‎ޗޮއިސްއެއްގެ ގޮތުގައި ތާޑް ޕާޓީ މެޕިން ނުވަތަ ނެވިގޭޝަން އެޕްލިކޭޝަނެއް ހިޔާރު ކުރެވޭނެއެވެ.‎

އައިފޯނު ގެންގުޅޭ ފަރާތްތަކަށް މިހާރު މަޖުބޫރުވެފަައި ވަނީ އައިއޯއެސް އިކޯސިސްޓަމްގައި ޕްރީ އިންސްޓޯލްކޮށްފައިވާ ޑިފޯލްޓް ‎‎ނެވިގޭޝަން އޮޕްޝަނެއްގެ ގޮތުގައި ހަމައެކަނި އެޕަލް މެޕްސްއަށް ބަރޯސާވުމަށެވެ. ޚާއްސަކޮށް ގޫގުލް މެޕްސް ފަދަ ވާދަވެރި ‎‎އެޕްލިކޭޝަންތަކަށް މަގްބޫލުކަމާއި އާ ފީޗާތައް ލިބެމުން އަންނައިރު، މި ޕޮލިސީ އަކީ ގިނަ ބަޔަކު މާޔޫސްކުރުވާ ‎‎ސިޔާސަތެކެވެ.‎

‎އައިއޯއެސް 18 އާ އެކު ޑިވެލޮޕަރ މޯޑް ބޭނުންކުރާ ފަރާތްތަކަށް އެޕަލްގެ އަމިއްލަ މެޕިން ޑޭޓާ ބޭނުންކުރަން ނުޖެހި، ގޫގުލް މެޕްސް، ވާޒޭ، ނުވަތަ މައިކްރޮސޮފްޓްގެ ބިންގް މެޕްސް ފަދަ އެޕްލިކޭޝަންތައް އެ މީހުންގެ ގޯ-ޓު ނެވިގޭޝަން ‎‎ޚިދުމަތެއްގެ ގޮތުގައި ސެޓް ކުރެވޭނެއެވެ. ސިރީ މެދުވެރިކޮށް ޑައިރެކްޝަންތައް ހޯދާއިރު ނުވަތަ ލޮކޭޝަން ލިންކް ޓެޕް ކުރާއިރު މި ‎‎ބަދަލުގެ ސަބަބުން ފަސޭހަ ތަޖުރިބާއެއް ލިބޭނެކަމަށް ބެލެވެއެވެ.‎

‎އެޕަލްގެ މި ބަދަލު އެންމެފުރަތަމަ ލިބޭނީ އެޕަލްގެ ‎‎ޑިވެލޮޕަރު ޕްރޮގްރާމުގެ މެމްބަރުންނަށް އެކަންޏެވެ. އެކަމަކު އައިއޯއެސް ބޭނުންކުރާ ހުރިހާ ‎‎ފަރާތްތަކަކަށް ވެސް ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި އާއްމުކޮށް މިޚިދުމަތްދޭން އެޕަލްއިން ވަނީ ނިންމާފައެވެ.

‎އެޕަލް އިން ބުނީ މި އަޕްޑޭޓަކީ އަލަށް ތައާރަފްކުރި "އޯލްޓަނޭޓިވް އެޕް އެކްސްޕީރިއަންސް" އިނީޝިއޭޓިވްގެ ދަށުން ބައެއް އެޕް ‎‎ކެޓަގަރީތައް ތާޑް ޕާޓީ ކޮމްޕެޓިޝަނަށް ހުޅުވާލުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އަޕްޑޭޓެއް ކަމަށެވެ.

‎ޑިފޯލްޓް އެޕް ސިލެކްޝަނަކީ އެޕަލްއަށް ދިމާވެފައިވާ މައްސަލައެކެވެ. އެޕަލްއިން ވަނީ ހާޑްވެއާ އާއި ސޮފްޓްވެއާ އިންޓަގްރޭޝަން އަކީ ‎‎ވިޔަފާރީގެ މައިގަނޑު ޕޮއިންޓެއްގެ ގޮތުގައި ދަމަހައްޓައި، ވާދަވެރިކަން ކަނޑުވާލުމުގެ ތުހުމަތުތަކާ އެކުވެސް އެބަދަލުތައް ގެނައުމަށް ދެކޮޅު ހަދާފައެވެ.

އީޔޫއިން ‎‎ދާދި ފަހުން ވަނީ، އެޕަލް އާއި އެހެން ކުންފުނިތަކުގެ ޑިވައިސްތަކުގައި ވެސް އެ ކުންފުންޏަށް ނިސްބަތްނުވާ އެޕް ސްޓޯރުތަކާއި ޑިފޯލްޓް އެޕް ޗޮއިސްއަށް ބަދަލު ގެނައުމުގެ ފުރުސަތު ‎‎ދޭން ޖެހޭ ގޮތަށް ގާނޫނެއް ފާސްކޮށްފައެވެ.‎

‎އައިއޯއެސް 18 ގައި އެޕަލްގެ ޑިފޯލްޓް ނެވިގޭޝަން އެޕްލިކޭޝަނަށް ގެނައި ބަދަލަކީ، މުސްތަގުބަލުގައި އިތުރު އެޕް އޮޕްޝަންތަކަށް މަގު ފަހިކޮށްދޭނެ ފިޔަވަޅެއް ކަމަށް ގިނަބަޔަކު ދެކެއެވެ.‎

comment ކޮމެންޓް