ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކިކުރުމުގެ ބާރު ގާނޫނީ ގޮތުން ރައްޔިތުންނަށް ދޭން ތާއިދު ކުރައްވާނެ ކަމަށް، މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ ވިދާޅުވީ މަޖިލީހުގެ މެންބަރުން ޒިންމާދާރު ކުރުވުމަކީ މިހާރު ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއް ކަންތައް ކަމަށާއި އެކަން އެންމެ ފަސޭހައިން ހާސިލްކުރެވޭނީ "ރީކޯލް އެކްޓް"އެއް ތަންފީޒުކޮށް، ރައްޔިތުން ހޮވި ކެންޑިޑޭޓު އެ މަގާމުން ދުރުކުރުމުގެ ބާރު އެ ރައްޔިތުންނަށް ދިނުމުން ކަމަށެވެ.
"އެފަދަ ރީކޯލް އެކްޓަކަށް އަޅުގަނޑު ފުރިހަމައަށް ތާއިދުކުރާނަން،" ދުންޔާ ވިދާޅުވިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ މަޖިލިސް ބަހުސްގައި، އޭނާ ވިދާޅުވީ ރައްޔިތުން މިހާރު ބޭނުންވަނީ ތެދުވެރި، އިޚުލާސްތެރިން ކަމަށެވެ.

ދުންޔާ މައުމޫން: މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ރީކޯލް އެކްޓެއް ހަދަން ތާއިދުކުރާނެ ކަމަށް ދުންޔާ ވިދާޅުވި --
"ފައިސާ ހޯދައިގެން ނުވަތަ ޑީލްތައް ހަދައިގެން ޕާޓީ ބަދަލުކުރުމަށް ފަހު ނުވަތަ ޚަބަރެއް ނުވެ، ރައްޔިތުންނާ ދިމާނުވެ، ރައްޔިތުންނަށް ޚިދުމަތްތަކެއް ނުކުރާ ބަޔަކު އަޅުގަނޑުމެން ބޭނުމެއް ނުވޭ މިހާރަކު،" 25 އަހަރު ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ދުންޔާ ވިދާޅުވިއެވެ.
މެންބަރަކު ތަމްސީލުކުރާ ދާއިރާގެ ރައްޔިތުންގެ އިތުބާރު އެ މެންބަރަކަށް ނެތްކަން ހާމަވާ ހާލަތެއްގައި، އެ ދާއިރާއަށް އާ މެންބަރަކު ހޮވަން ބައި-އިލެކްޝަން ބޭއްވުމަށް މީގެ ކުރިން ވެސް ބައެއް މެންބަރުން ތާއީދުކޮށްފައިވެއެވެ.
އެފަދަ ގާނޫނެއް ތަންފީޒުކުރާ އެއް ގައުމަކީ އިނގިރޭސިވިލާތެވެ. އެގައުމުން 2015 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުގެ ދަށުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ވަކި ކުށްތަކެއް ސާބިތުވެއްޖެ ނަމަ، އެ މެންބަރެއްގެ އިތުބާރު އޮތްތޯ ބެލުމަށް 'ރީކޯލް ޕެޓިޝަން'އެއް ތައާރަފު ކުރާނެއެވެ.
އެ ޕެޓިޝަނުން، މެންބަރަށް އިތުބާރު ނެތް ކަމަށް ދާއިރާގެ 10 ޕަސެންޓް ވޯޓުދީފި ނަމަ މެންބަރު މަގާމުން ވަކިވާނެއެވެ. އެއަށްފަހު އެ ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ޖެހޭނެއެވެ.
comment މހނ
1 year 1 month ago
ސާބަހޭ ދުންޔާ މައުމޫނަށް ރައްޔިތުންގެ މަޖިލީހުނެ މެމްބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ އަތުގައޮންނަންޖޭހޭ
comment ނުކިޔަވާ މިހާ
1 year 1 month ago
ވަރަށް ރަނގަޅު ވިސްނުންފުޅެއް!!! މުޅި އިންސާނި ދަރިފަސްކޮޅު މާއްދިއްޔަތަށް ގޮސް ހުސްވެފައި އޮތް ދުވަސްވަރެއްގައި ތިޔަކަން ވެދާނެ ބާވައޭ ހިތަށް އަރާ! އެނީވޭ، ޔޯރ އަޑިއަރް އިޒް ގެރޭޓް!!!!