ދިވެހި ބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ: ޖަމާލުއްދީން ސްކޫލަށް ގިނަ ވަނަތަކެއް

މުބާރާތްތަކުގެ ނަތިޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް

ދިވެހިބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް އެ މުބާރާތްތަކުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ރޭ އިނާމު ހަވާލުކޮށްފިއެވެ.

އެ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް ބޭއްވި މި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމާއި ބަހުގެ އެކެޑަމީގެ ވެރިންނާއި ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުން ބައިވެރިވަޑައިގަތެވެ.

އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުގެ ތެރޭގައި ވާހަކަދެއްކުމާއި ކުރު ވާހަކަ ލިޔުމާއި ޅެން ހެދުމާއި މަޒުމޫނު ލިޔުމުގެ މުބާރާތް ހިމެނެއެވެ.

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބޭއްވި ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތު ފައިނަލް ބަހުސްގައި އޮފީސް/ކުލަބު/ޖަމްއިއްޔާ/ޖަމާއަތްތަކުގެ ބައިން އެއްވަނަ ހޯދީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުންނެވެ. މި މުބާރާތުގެ ދަށު ސާނަވީ ގިންތިއާއި ސާނަވީ ގިންތިން އެއްވަނަ ސްކޫލަކަށް ޖަމާލުއްދީން ސުކޫލް ހޮވުނުއިރު މަތީ ސާނަވީ ގިންތިން އެއްވަނަ ސްކޫލްގެ މަގާމު ހާސިލްކުރީ ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަންއެވެ.

މީގެ އިތުރުން ފާހަގަކޮށްލެވޭ ވަނަތަކުގެ ތެރޭގައި:

ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތް 2024

ދަށު ސާނަވީ ގިންތިން އެއްވަނަ ދަރިވަރު

  • ސަކީނާ އީޝާ އަޝްރަފް، ރެހެންދި ސްކޫލް

ސާނަވީ ގިންތިން އެއްވަނަ ދަރިވަރު

  • ފާޠިމަތު ސާރާ ނަޛީރު، ޖަމާލުއްދީން ސްކޫލް

ދިވެހި ބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތް 2024ގެ ސާނަވީ ގިންތިން އެއްވަނަ ދަރިވަރު ފާޠިމަތު ސާރާ ނަޛީރު -- ސަން ފޮޓޯ/ މޫސާ ނަދީމް

މަތީ ސާނަވީ ގިންތިން އެއްވަނަ ދަރިވަރު

  • މުޙަންނަދު މަބާޙް މުޙައްމަދު، އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ

ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތް 2023

ދަށު ސާނަވީ ގިންތިން އެއްވަނަ ސްކޫލް

  • ހއ. އަތޮޅު މަދަރުސާ (ހއ. ހޯރަފުށި)

ސާނަވީ ގިންތިން އެއްވަނަ ސްކޫލް

  • ޖަމާލުއްދީން ސްކޫލް

މަތީ ސާނަވީ ގިންތިން އެއްވަނަ ސްކޫލް

  • އަޙްމަދިއްޔާ އިންޓަނެޝަނަލް ސްކޫލް

ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތް 2023

އަމިއްލަ ފަރާތްތަކުގެ ބައިން، 18އަހަރުން މަތީގެ އުމުރުފުރައިން އެއްވަނަ ފަރާތް

  • މަރްޔަމް ޒަލްޚާ ޒާހިރު، ހއ. ކެލާ، ބަށިމާގެ

ދަށު ސާނަވީ ގިންތިން އެއްވަނަ ދަރިވަރު

  • ފާޠިމަތު ޔަޝްމީ ފާއިޒް، ފުނަދޫ ސްކޫލް (ށ. ފުނަދޫ)

ސާނަވީ ގިންތިން އެއްވަނަ ދަރިވަރު

  • ޒަމްޢަތު ބިންތު ޢަލީ، އިހަވަންދޫ ސްކޫލް (ހއ. އިހަވަންދޫ)

މަތީ ސާނަވީ ގިންތިން އެއްވަނަ ދަރިވަރު

  • ރަމްޝާ ޢަބްދުއްރައްޒާޤް، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (މާލޭ ސިޓީ)

ދިވެހި ބަހުގެ އެކެޑަމީގެ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ މުބާރާތްތަކުގައި އެކި އުމުރުފުރާތަކުންނާއި ސްކޫލްތަކުގެ ތެރެއިން ވެސް ވަނަތައް ހޮވާފައިވޭ -- ސަން ފޮޓޯ/ މޫސާ ނަދީމް

ޅެންހެދުމުގެ ޤައުމީ މުބާރާތް 2023

ދަށު ސާނަވީ ގިންތިން އެއްވަނަ ސްކޫލް

  • ހއ. އަތޮޅު މަދަރުސާ

ސާނަވީ ގިންތިން އެއްވަނަ ސްކޫލް

  • ޖަމާލުއްދީން ސްކޫލް

މަތީ ސާނަވީ ގިންތިން އެއްވަނަ ސްކޫލް

  • ސެންޓަ ފޯ ހަޔަ ސެކަންޑަރީ އެޑިޔުކޭޝަން

ޅެންހެދުމުގެ ޤައުމީ މުބާރާތް 2023

އަމިއްލަ ފަރާތްތަކުގެ ބައިން، 18އަހަރުން މަތީގެ އުމުރުފުރައިން އެެއްވަނަ ފަރާތް

  • ޢަބްދުﷲ ޛައިދު، އާކާސް، ތ.ހިރިލަންދޫ

ދަށު ސާނަވީ ގިންތިން އެއްވަނަ ދަރިވަރު

  • ޢާއިޝަތު ދީމާ އާދަމް ނަޞީރު، އަމީނިއްޔާ ސްކޫލު

ސާނަވީ ގިންތިން އެއްވަނަ ދަރިވަރު

  • ޙައްވާ ޒާއިން ޒަމީލް، ޖަމާލުއްދީން ސްކޫލް

މަތީ ސާނަވީ ގިންތިން އެއްވަނަ ދަރިވަރު

  • ޖުމާނާ ޙަމީދު ޢަލީ، ހއ. އިހަވަންދޫ ސްކޫލް

މަޒުމޫނު ލިޔުމުގެ 38 ވަނަ ޤައުމީ މުބާރާތް 2023

ދަށު ސާނަވީ ގިންތިން އެއްވަނަ ސްކޫލު

  • ޖަމާލުއްދީން ސްކޫލް

ސާނަވީ ގިންތިން އެއްވަނަ ސްކޫލް

  • ޖަމާލުއްދީން ސްކޫލް

މަތީ ސާނަވީ ގިންތިން އެއްވަނަ ސްކޫލް

  • އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

މަޒުމޫނު ލިޔުމުގެ 38 ވަނަ ޤައުމީ މުބާރާތް 2023

ދަށު ސާނަވީ ގިންތިން އެއްވަނަ ދަރިވަރު

  • އާމިނަތު އައިޝްކާ ބިންތި ޙަނީފް، ޖަމާލުއްދީން ސްކޫލް

ސާނަވީ ގިންތިން އެއްވަނަ ދަރިވަރު

ފާޠިމަތު ސާރާ ނަޛީރު، ޖަމާލުއްދީން ސްކޫލް

މަތީ ސާނަވީ ގިންތިން އެއްވަނަ ދަރިވަރު

މަރްޔަމް މާޙީ އަޙްމަދު ޢައްބާސް، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް (ކ.މާލެ)

comment ކޮމެންޓް