ބުޅާތަކަށް، ސަލްމާން މިސްކިތް ކައިރީ ގެތަކެއް އަޅައިދީފި

ސަލއމާން މިސްކިތް ކައިރި ބެހެއްޓި ބުޅާ ގެތައް--- ފޮޓޯ: ޑަބްލިއު އައި ސީ

ސަލްމާން މިސްކިތް ކައިރީ އުޅޭ ބުޅާތަކަށް ވެލްފެއާ ފޯ އައިލެންޑް ކެޓްސް (ޑަބްލިއުއައިސީ)އިން ގެތަކެއް އަޅައިދީފިއެވެ.

މި ބުޅާ ގެތައް ބަހައްޓައިފައިވަނީ، ސަލްމާން މިސްކިތް ކައިރި އޮންނަ ޕާކިން ލޮޓުގައެވެ.

ޑަބްލިއުއައިސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިކަމަށް ބޭނުންވާ އެއްބާރުލުން ހޯދުމަށް ކަމާބެހޭ އިދާރާތަކުގައި އެދުމުން ޖަވާބެއް ނުލިބުނު ކަމަށެވެ.

އެހެންވެ އެ ޖަމިއްޔާއިން އެ ބުޅާ ގެތަށް އެ ޕާކިން ލޮޓުގައި ބަހައްޓަން ނިންމީ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އިތުރަށް އެ ޕޯސްޓުގައި ވަނީ މިދިޔަ ހުކުރު ދުވަހު ބޯކޮށް ވާރޭ ވެހުމާ ގުޅިގެން ދެ ބުޅާ މަރުވެފައިވާ ކަމަށެވެ. އަދި އެހީވެވެން އޮތް ހާލަތެއްގައި، އެހީ ނުވުމުގެ ސަބަބުން އިތުރަށް އެފަދަ ހާދިސާއެއް ދިމާވާން ބޭނުން ނުވާކަން ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮތް ފަރުކޮޅުފުށީގައި، ހުރިހާ ވަގުތަކު ވެސް ސިއްހީ ޚިދުމަތް ލިބޭނެހެން ޕެޓް ކެއާ ފެސިލިޓީއެއް ގާއިމު ކުރަން ނިންމައި މިދިޔަ ޖެނުއަރީ މަހުގެ 11ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޕެޓް ކެއާ ފެސިލިޓީ ގާއިމުކުރަން މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު 5000 އަކަފޫޓުގެ ބިމެއް ވަނީ މާލެ ސިޓީ ކައުންސިލާ ހަވާލު ކޮށްފައެވެ.

comment ކޮމެންޓް