ކޮކާކޯލާ މޯލްޑިވްސްއިން ކުރިއަށްގެންދާ ޕްރޮމޯޝަނަލް ކެންޕޭންގެ އެންމެ ފަހުގެ ނަސީބުވެރިން އިއުލާނުކޮށް, އިނާމު ހަވާލުކޮށްފިއެވެ.
ކޮކާކޯލާއިން ބުނީ މި ކެންޕޭންގައި ހޮވޭ ނަސީބުވެރި ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ދެނީ މި އަހަރު އެންމެ ޑިމާންޑު ބޮޑު އެއް ސްމާޓްފޯން ކަމަށްވާ ސެމްސަންގް ގެލެކްސީ އެސް 23 ކަމަށެވެ.
އެންމެ ފަހުގެ ނަސީބުވެރިންނަށް ހޮވުނީ ތުލުސްދޫއިން އާމިނަތު ޝަހީމާ އާއި މާލެއިން ރަންޖީތު ކާންތަލް އަދި އަހްމަދު އަފްޒަލް ކަމަށް ކޮކާކޯލާއިން ބުންޏެވެ. އެ ތިން މީހުންނަށް ވެސް ސެމްސަންގް ގެލެކްސީ އެސް23 މިހާރު ވަނީ ހަވާލުކޮށްފައެވެ.
ކޮކާކޯލާއިން ބުނި ގޮތުގައި އެ ތިން ނަސީބުވެރިން ވެސް ދައްކުވައިދެނީ، ކޮކާކޯލާގެ ކަސްޓަމަރުންނަށް އެ ކުންފުނިން ގެނެސްދޭ އުފާވެރިކަމާއި ނަސީބު ކަމަށެވެ.

ކޮކާކޯލާ ޕްރޮމޯޝަންގެ ނަސީބުވެރިން -----
މި ކެމްޕޭންގައި ބައިވެރިވެ، އިނާމު ހޯދުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށް ކޮކާކޯލާއިން ބުނެއެވެ.
އެގޮތުން ކަސްޓަމަރުން ގަންނަ ކޮކާ-ކޯލާ، ކޯކް ޒީރޯ، ސްޕްރައިޓް، ފެންޓާ އޮރެންޖް ނުވަތަ ފެންޓާ ސްޓްރޯބެރީ ފުޅީގައި ރަން މަތިގަނޑެއް ހުރެއްޖެނަމަ ނަސީބުވެރިއަކަށްވުމުގެ ފުރުސަތު ލިބުނީ ކަމަށް އެކުންފުނިން ބުނެއެވެ.
މި ޕްރޮޑަކްޓްތައް ސުޕަމާކެޓުތަކާއި ފިހާރަތަކާއި އެ ނޫން ވެސް ރީޓެއިލް ޚިދުމަތް ދޭ ތަފާތު އެކި ތަންތަނުން ގަންނަން ލިބޭނެއެވެ.

ކޮކާކޯލާ ޕްރޮމޯޝަންގެ ނަސީބުވެރިން -----
ރަން ކުލައިގެ މަތިގަނޑުގެ ދަށުގައިވާ ކޯޑު 2626އަށް ފޮނުވުމުން ކެމްޕޭންގައި ބައިވެރިވެވޭނެއެވެ. ކޮންމެ ކޯޑަކީ ވެސް ވަކި އެންޓްރީއެއް ކަމަށާއި ވަކިވަކިން، ކިތަންމެ ގިނައިން ވެސް ކޯޑުތައް ފޮނުވޭނެ ކަމަށް ކޮކާކޯލާއިން ބުނެއެވެ.
ކޮކާކޯލާއިން ބުނީ މި ޕްރޮމޯޝަނާއެކު އެކުންފުނީގެ އުފެއްދުންތަކަށް ލޯބިކުރާ މީހުންނަށް، އެ މީހަކަށް އެންމެ ކަމުދާ ބުއިމަކަށް އިންސާފުކުރަމުން އިނާމެއް ހޯދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.