މަޖިލީހުގެ ޖަލްސާތައް ގަވައިދުން ބާއްވަން ގަވާއިދުން ކުއްލި މައްސަލައެއް

މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު -- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވައިދުން ބާއްވަން ގޮވައިލައި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

ނިމިދިޔަ މަހުގެ 28ވަނަ ދުވަހު ހަސަން ހުށަހެޅުއްވި އެ މައްސަލައިގައިވަނީ މަޖިލީހުގެ ގަވައިދުގެ 47ވަނަ މާއްދާއާއި އެ ގަވައިދުގެ 25ވަނަ މާއްދާގައި މަޖިލީހުގެ ޖަލްސާތައް ބާއްވަންވީ ގޮތާއި ބާއްވަންވީ ދުވަސްތައް ބަޔާންކޮށްފައި އޮންނަކަމަށެވެ.

އެހެންނަމަވެސް މަޖިލީހުގެ ޖަލްސާތައް ހުއްޓުވައިލައިފައި އޮތް އޮތުމަކީ ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް އޮތް ހުރަހެއް ކަމަށް އޭނާގެ ކުއްލި މައްސަލައިގައިވެއެވެ.

އެގޮތުން މިހާރު ވެސް މަޖިލީހަށް މަތިކޮށްފައިވާ މުހިންމު މަސައްކަތްތައް ނުނިމި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރަންހުރި ގިނަ މަސައްކަތްތަކަށް ވެސް ހުރަސް އެޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު އެ ކުއްލި މައްސަލައިގައި ވަނީ ޖަލްސާތައް ބާއްވަން ގޮވައިލައިފައެވެ.

https://sun.mv/189142

ނިމިދިޔަ ހަފުތާގައި މަޖިލީހުގެ ޖަލްސާތައް ފަށަން އޮތް ހޯމަ ދުވަހުގެ ޖަލްސާ ވަނީ ސަބަބު ހާމަކުރުމެއް ނެތި ކެންސަލް ކޮށްފައެވެ. އަންގާރަ ދުވަހު ވެސް ޖަލްސާ ނުބާއްވާއިރު، އެ ހަފުތާގައި ޖަލްސާ އޮތީ ހަމައެކަނި ބުދަ ދުވަހެވެ.

comment ކޮމެންޓް