އިހަވަންދޫ ދަރިވަރުން މަސްވެރިކަމަށް އަހުލުވެރިކޮށްފި

'ޔަންގް ފިޝަރސް ކުލަބު' ދަސްވެނިވުން--- ފޮޓޯ

ދިރާގުގެ އެހީތެރިކަމާ އެކު ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމްޢިއްޔާއާ ގުޅިގެން ހއ. އިހަވަންދޫގައި ކުރިއަށް ގެންދިޔަ 'ޔަންގް ފިޝާސް ކްލަބް' ނިންމާލައިފިއެވެ.

މި ޕުރޮގްރާމް ނިންމާލުމުގެ ގޮތުން އިހައްވަންދޫ ސުކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ޖުމުލަ 35 ދަރިވަރުން ވަނީ ދަސްވެފައެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް މަސްވެރިކަމާއ،ި ކަނޑުގެ މާޙައުލާއ،ި ދެމެހެއްޓެނިވި އާދަކާދަތައް ދަރިވަރުންނަށް ތަޢާރަފްކޮށް، އަސާސީ، މަޢުލޫމާތު ފޯރުކޮށްދ،ީ އެ އާދަތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ވަނީ ދަސްކޮށްދީފައެވ.ެ

މީގެ އިތުރުން ފެތުމާއި ސްނޯކްލިން އަދި އިސްނެގުމާއި އެކުގައި މަސައްކަތް ކުރުން ފަދަ ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ މުހިންމު ދާއިރާތަކަށް ވެސް އަލިއަޅުވާލާފައިފައެވެ. މި ހުނަރުތައް ކުދިންނަށް ދަސްކޮށްދީފައިވަނީ އަމަލީ ތަޖުރިބާއާއެކު މިކަމުގެ މާހިރުންގެ އިރުޝާދުގެ ދަށުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމްޢިއްޔާ ގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުالله ޝާކިރު މުޙައްމަދު ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މި ޕުރޮގްރާމުގެ ސަބަބުން ޙާސިލުކުރެވުނީ ޒުވާނުން މަސްވެރިކަމުގެ ސިނާއަތަށް ޝައުޤުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިއްމު ލަނޑުދަނޑިއެއްކަން ފާހަގަކުރެއްވިއެވެ.

އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ރަޝީދު ވިދާޅުވީ"'ޔަންގް ފިޝާސް ކްލަބް' އަކީ ސްކޫލަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ތިމާވެއްޓާއި މަސްވެރިކަމާއި ކަނޑުފަޅާއި އޮޔާއި ވައިގެ އަސަރުތައް ދަރިވަރުންނަށް ޕްރޮގްރާމް މެދުވެރިކޮށް ތަޖުރިބާ ކުރެވުނު ކަމަށެވެ. އަދި ސްކޫލް ކަރިކިއުލަމް ތަންފީޒް ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުގެ ކުޅުދުއްފުށީ އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖާ، އަބްދުﷲ ސާދިޤު ވިދާޅުވީ މި ޕުރޮގްރާމުގައި 35 ދަރިވަރުން ބައިވެރިވިއިރު 25 ކުދިންނަކީ އަންހެން ކުދިންނަށް ވުމުން ފަޙުރުވެރިވާ ކަމަށެވެ.

ޔަންގް ފިޝާސް ކްލަބުގައި ބައިވެރިވި ދަރިވަރުން ބުނީ މި ޕްރޮގްރާމްގެ ސަބަބުން ބަޔޯޑައިވާސިޓީއާއ،ި މަސްވެރިކަމާއ،ި މޫސުމާ ގުޅުންހުރި އަގުހުރި ހުނަރުތަކުގެ އިތުރުން އެއްކޮށް މަސައްކަތް ކުރުމާއި އިސްނެގުން ފަދަ ހުނަރުތައް ދަސްވިކަމަށެވެ.

ޒުވާނުން ކުރިއަރުވައި، ބާރުވެރިކުރުވައި، ތިމާވެށި ހިމާޔާތްކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގައި ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދޭ ދާއިރާއެއްކަމަށް ދިރާގުން ބުންޏެވެ.

comment ކޮމެންޓް