ގައުމީ ތާރީޚު ދުވަސް ފާހަގަކުރަން މިރޭ ފޯރަމެއް ބާއްވަނީ

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ސުކޫތުގައި ދިވެހިބަހުގެ އެކަޑަމީގެ މުވައްޒަފުން ބައިވެރިވަނީ-- ފޮޓޯ: ދިވެހިބަހުގެ އެކަޑަމީ

ގައުމީ ތާރީޚު ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިބަހުގެ އެކެޑަމީން މިރޭ ޚާއްސަ ފޯރަމެއް ބާއްވަން ނިންމައިފިއެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ 27ވަނަ ދުވަހު ފާހަގަކުރާ ގައުމީ ތާރީޚު ދުވަހުގެ މަގްސަދަކީ ތާރީޚާއި ސަގާފަތާއި އާދަކާދައަށް ލޯބިިކުރާ ދިވެހި ގައުމު ދެކެ ލޯބިވާ، ގައުމިއްޔަތަށް ހުރުމަތްތެރިކޮށް ހިތަން ދަންނަ މުޖުތަމައުއެއް ބިނާކުރުމެވެ.

މި ދުވަސް ނިސްބަތްވަނީ ދިވެހި ތާރީޚު އެންމެ ފުރަތަމަ ފަހަރަށް ލިޔުއްވި ލިޔުންތެރިޔާ ހަސަން ތާޖުއްދީނަށެވެ. ހަސަން ތާޖުއްދީން އަވަހާރަވީ 1727ވަނަ އަަހަރުގެ ފެބްރުއަރީ 27ވަނަ ދުވަހެވެ.

މިރޭ މި ދުވަސް ފާހަގަކުރުމަށް ބަހުގެ އެކެޑަމީން ބާއްވާ ޚާއްސަ ފޯރަމް އޮންނާނީ އިސްލާމީ ޔުނިވާސިޓީގެ ހޯލުގައެވެ.

މި ފޯރަމުގައި ޚާއްސަ މެހުމާނެއްގެ ގޮތުން ވާހަކަދައްކަވާނީ ޝެއިޚް އިބްރާހިމް އަހްމަދެވެ. އެއަށްފަހު އޮންނާނީ ޕެނަލް ޑިސްކަޝަނެކެވެ. މި ޕެނަލް ޑިސްކަޝަންގައި ޝެއިޚް އިބްރާހީމާއި، އައްބާސް އިބްރާހީމާއި، އެމްއެންޑީއެފް ރިޓަޔާޑް ޖައުފަރު ބައިވެރިވެލައްވާނެއެވެ.

މި ފޯރަމް ފެށޭނީ މިރޭ 20:30 ގައެވެ.

comment ކޮމެންޓް