ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑެމީން ކުރިއަށް ގެންދިޔަ އަތުލިޔުމުގެ މުބާރާތުގެ އަވަސް ލިޔުމުގެ ބައިން ޖުޑިޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ) އެއްވަނަ ހޯދައި ރީތި ލިޔުމުގެ ބައިން ޞަލާހުއްދީން ސްކޫލު އެއްވަނަ ހޯދައިފިއެވެ.
އަތުލިޔުމުގެ މުބާރާތުގައި ޖުމުލަ 80 އޮފީހަކުން 355 މީހަކު ވަނީ ބައިވެރިވެފައެވެ.
ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައިވަނީ އެ މުބާރާތުގެ ވަނަވަނައަށް ދިޔަ މީހުންނަށް އިނާމާއި ޓްރޮފީ ހަވާލުކޮށްފައެވެ. އެ ގޮތުން، ރީތި ލިޔުމާއި އަވަސް ލިޔުމުގެ ބައިން ވެސް އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދިޔަ އޮފީސްތަކަށް ވަނީ ޓްރީ ހަވާލުކޮށްފައެވެ.
ރީތި ލިޔުމުގެ ބައިގެ ވަނަތައް:
- އެއްވަނަ:ޞަލާހުއްދީން ސްކޫލު
- ދެވަނަ: އަމީނިއްޔާ ސްކޫލު
- ތިންވަނަ: ރެހެންދި ސްކޫލު
އަވަސް ލިޔުމުގެ ބައިގެ ވަނަތައް:
- އެއްވަނަ: ޖޭއެސްސީ
- ދެވަނަ: ކ. އަތޮޅު މަދަރުސާ
- ތިންވަނަ: އަމީނިއްޔާ ސްކޫލު
މީގެ އިތުރުން، ރޭގެ ޖަލްސާގައި ވަނީ މުބާރާތުގައި ބައިވެރިވީ ފަރާތްތަކުގެ ތެރެއިން އަވަސް ލިޔުމުގެ ބައިންނާއި ރީތި ލިޔުމުގެ ބައިން އެންމެ މޮޅު 10 ލިޔުން ހޮވާފައެވެ.
ރީތި ލިޔުމުގެ ބައިން އެންމެ މޮޅު 10 ލިޔުން:
- މުޙައްމަދު ޝަފީގު، ރ. ވާދޫ ކައުންސިލް
- އަޙުމަދު އީސާ، ށ. އަތޮޅު ކައުންސިލް އިދާރާ
- އާއިޝަތު ޝިޔާމާ އިބްރާހިމް، ނ. ޅޮހީ ކައުންސިލް އިދާރާ
- މަރިޔަމް ޒީނިޔާ، ކ. ތުލުސްދޫ ސިއްޙީ މަރުކަޒު
- ޔަޝްފާ ހުސައިން، ރ. ވާދޫ ކައުންސިލް އިދާރާ
- މުޙައްމަދު ސިދުގީ، ދިފާއީ ވުޒާރާ
- ޝަމްސުއްނިސާ ހުސައިން، ޅ. ނައިފަރު މެޖިސްޓްރޭޓު ކޯޓު
- މައުސޫމާ އަބްދުއްރަޝީދު، އަމީނިއްޔާ ސްކޫލު
- އައިމިނަތު އަޙުމަދު، ބ. ދަރަވަންދޫ ކައުންސިލް އިދާރާ
- ހަސަން އަޙުމަދު، ކުޅުދުއްފުށީ ސިޓީ ޕޮލިސް
އަވަސް ލިޔުމުގެ ބައިން އެންމެ މޮޅު 10 ލިޔުން:
- ހުސައިން ޝަމީމް، ޕްރޮސެކިއުޓާ ޖެނެރަލް
- އަބްދުއްސަމަދު ޝަރީފް، ކުޅުދުއްފުށީ ސިޓީ ރީޖަނަލް ހޮސްޕިޓަލް
- މަރިޔަމް އަބޫބަކުރު، ނ. އަތޮޅު ކައުންސިލް އިދާރާ
- އަންސާރު އިބްރާހިމް، ޖުޑީޝަލް ސާވިސަސް ކޮމިޝަން
- އުކާޝިބް މުޙައްމަދު، ލ. މާވަށު ކައުންސިލް އިދާރާ
- ސިޔާމާ އަޙުމަދު، ރ. އަތޮޅު ތައުލީމީ މަރުކަޒު
- އާއިޝަތު ޝިއުފާ ސާދިގު، ޖުޑީޝަލް ސާވިސަސް ކޮމިޝަން
- އަލީ ޝަމީމް، ގއ. އަތޮޅު ހޮސްޕިޓަލް
- ޒުހުދާ އާދަމް، ރ. ދުވާފަރު ކައުންސިލް އިދާރާ
- އަބްދުﷲ ޒަމީލް، ނ. އަތޮޅު މަދަރުސާ
މި މުބާރާތަކީ ދައުލަތުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވާ މުބާރާތެކެވެ.
މި މުބާރާތް ބާއްވަނީ ދިވެހިބަހާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުގުވެރިކަން އިތުރުކުރުމަށާއި ތާނަ ރީތިކޮށް ލިޔާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ މަގުސަދުގައި ކަމަށް ދިވެހިބަހުގެ އެކެޑަމީން ބުނެއެވެ.