ބީއެމްއެލް ސްކޭން ޓު ޕޭ ބޭނުންކޮށްލައިގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް

ސުކޭން ޓު ޕޭ ގެ ޕުރޮމޯޝަން-- ސަން ފޮޓޯ

ބީއެމްއެލުން ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ސުކޭން ޓު ޕޭ ބޭނުންކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭނެ ފުރުސަތާއެކު ޕުރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

އަށް ހަފުތާއަށް ބަހައިލައިގެން ކުރިއަށްގެންދާ މި ޕުރޮމޯޝަނުގެ ތެރެއިން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ މީހަކަށް އަގުހުރި އިނާމެއް ދޭނެއެވެ.

އެގޮތުން ޕްރޮމޯޝަންގައި ބައިވެރިވުމަށް މޮބައިލް އެޕްގައި ހިމެނޭ ސުކޭން ޓު ޕޭ ފަންކްޝަން ބޭނުންކޮށްގެންް ފައިސާ ދެއްކޭނެއެވެ.

މި ޕުރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ކަސްޓަމަރުނަށް ހުޅުވައިލާފައެވެ.

ޕްރޮމޯޝަން ތެރޭގައި ދޭ އަގުހުރި އިނާމުތަކުގެ ތެރޭގައި ފިލިޕްސް އެލް އީޑީ 75 އިންޗީގެ ޓީވީ، ހިޓާޗީ އައިސް އަލަމާރި، މައިކްރޯ އަދި އެއާ ފްރަޔާ ހިމެނެއެވެ.

މި ޕުރޮމޯޝަން ކުރިއަށްދާނީ 20 އޭޕްރީލްގެ ނިޔަލަށްކަމަށް ބޭންކުން މައުލޫމާތު ދީފައިވެއެވެ.

comment ކޮމެންޓް