އެއާޕޯޓުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީކުރުން މުހިންމުކަމަށާއި، އެ ވިސްނުމުގެ ތެެރެއިން، ހއ. ދިއްދޫ ރައްޔިތުން އެދުނު ފަދައިން ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ދިއްދޫ އެއާޕޯޓު ތަރައްގީކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
މިހާރު ރައީސް އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްދުއަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނުވަނީ ރަށުގެ ތަރައްގީއަށް ޓަކައި ކުރަން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން
"އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ކަންތައްތައް މި ރަށުގެ ތަރައްގީއަށް ޓަކައި އަޅުގަނޑުމެން ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
އެގޮތުން ރައީސް ވިދާޅުވީ ދިއްދޫ އެއާޕޯޓަކީ ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސްވަނީ ކޮންމެ ދަތުރެއްގައި އެއާޕޯޓުގެ ވާހަކަ އެ މަނިކުފާނު ދައްކަވާތީ އެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާ ކަމަށެވެ. ނަމަވެސް ޖޯގްރަފީގެ ގޮތުން ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުގެ ސަބަބުން ކަމަށެވެ.
"މި ރާއްޖޭގެ ޖޯގްރަފިކަލް ޑިސްޓްރިބިއުޝަން، ރަށްރަށުގެ މީހުން ދިރިއުޅޭ ޑިސްޓްރިބިއުޝަން އޮތް ގޮތުން ރާއްޖެ ތަރައްގީކުރާއިރު ކޮންމެހެން ވެސް ކުރީގައި އޮތް ގޮތަކަށް ނޫން ރައްޔިތުން ބޭނުންވަނީ މިހާރު. ކޮންމެހެން ވެސް ބޭނުންވާ ކަމެއް އެއާޕޯޓު އެޅުމަކީ،" ރައީސް ވިދާޅުވިއެވެ.
އެ މަޝްރޫއާއެކު ރަށަށް ބިން ހިއްކުމުގެ އިތުރު މަޝްރޫއެއް ވެސް ގެނެސްދެއްވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
ދިއްދޫގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުއިއްޒާއި، ރިޔާސީ އިންތިޚާބުން ނާކާމިޔާބުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެސް ރިޔާސީ ވައުދުފުޅެކެވެ.
އެ ދެ ބޭފުޅުން ވެސް ވަނީ އެއާޕޯޓު މަޝްރޫއާއެކު ދިއްދޫ ބިން ހިއްކުން ކުރިއަށް ގެންދިއުމަށް ވެސް ވައުދުވެވަޑައިގެންފައެވެ.
މީގެ އިތުރުން ދިއްދުއަށް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަންކަން:
- އާ ހޮސްޕިޓަލެއް ތަރައްގީކުރުން
- ބޯހިޔާވަހިކަމަށް އިސްކަންދިނުން
- ރަށުގައި ކުޅިވަރު ވަސީލަތްތައް ވެސް ގާއިމްކުރުން