އަންނަ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަނީ

މެއި 13، 2021: ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ހަފްތާްއައަކަށް އޭޑީކޭގައި ފަރުވާ ހޯދުމަށްފަހު، އިތުރު ފަރުވާއަށް ޖަރުމަނަށް ފުރުން: އެމަނިކުފާނު ހޮސްޕިޓަރުން އެއާޕޯޓަށް ވަޑައިގެންނެވީ ވަރުގަދަ ސެކިއުރިޓީއަކާއެކު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަންނަ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށް ގެންދާ "އަހާ ފޯރަމް"ގެ ދެވަނަ ފޯރަމް މިރޭ ވަނީ ބާއްވައިފައެވެ. މި މިރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ފޯރަމުގައި ފުލުހުންގެ މުސާރަ ބޮޑުވާނީ ކޮން އިރަކުންތޯ އާންމު ރައްޔިތަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އަންނަ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރެެއްވުމަށް ނިންމަވައިފައިވާ ކަމަށެވެ.

އެކަމަކު މި ކަމާ ގުޅުން ހުރި އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން ސެޕްޓެންބަރު 15ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނައަށް ބޮޑުކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

މިއީ އިންތިޚާބުން ބަލިވި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެސް ވައުދުފުޅެކެވެ. ޞާލިހު ވައުދުވެވަޑައިގަތީ ޖެނުއަރީން ފެށިގެން ބޮޑުކުރުމަށެވެ.

ނަމަވެސް އާ ސަރުކާރުން ވެރިކަމާ ހަވާލުވީއިރު މާލީ ހާލަތު ދަށްވުމުން އަހަރު ފެށުނުއިރު ނިންމީ މާޗު ހިސާބުގައި މުސާރަތައް ބޮޑުކުރުމަށެވެ.

comment ކޮމެންޓް