ރާއްޖޭގެ ފިލްމު އެސޯސިއޭޝަންގެ މަގާމުތަކަށް މިރޭ މެމްބަރުން އައްޔަންކޮށްފިއެވެ.
މިރޭ ބޭއްވި ޖަލްސާއެއްގައި އެ އެސޯސިއޭޝަންގެ ބޯޑުގެ މަގާމަށް ތިން ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ. އޭގެތެރޭގައި:
- ވައިސް ޗެއާ ޕާސަންގެ މަގާމަށް ޝީލާ ނަޖީބް
- ޖެނެރަލް ސެކެޓްރީގެ މަގާމަށް އައްބާސް މުހައްމަދު
- ޓްރެޝަރާގެ މަގާމަށް ޖާދުﷲ އިސްމާއިލް
ވޯޓު މެދުވެރިކޮށް ޗެއާޕާސަންގެ މަގާމަށް ހޮވުނީ މުޙައްމަދު ނަޝީދު(ބޭބީ) އެވެ. އޭނާ ހޮވުނީ 42 ވޯޓުންނެވެ. އެ މަގާމަށް ނަޝީދުގެ އިތުރުން އަހުމަދު ނައީމު (އެމޯ) ވެސް ވާދަކުރެއްވިއެވެ.

ފިލްމު އެސޯސިއެޝަންގެ މަގާމުތަކަށް މެންބަރުން ހޮވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝީލާ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އިންފިނިޓް މޮމަންޓްސް / މޫސާ ނަދީމް
ނަމަވެސް 42 މީހުންގެ ވޯޓާއެކު ޗެއާޕާސަންގެ މަގާމު ކާމިޔާބުކުރީ ނަޝީދެވެ. ނައީމަށް ލިބުނީ 23 ވޯޓެވެ.
މީގެއިތުރުން ބޯޑް މެންބަރުންގެ ގޮތުގައި މުހައްމަދު އަފްރާހް އަދި ފާތިމަތު ޒުހައިރާ ވެސް ހޮވައިފައިވަނީ ވޯޓު ލައިގެންނެވެ.
ވައިސް ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިގެން ޝީލާ މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މަގާމުތަކަށް ހޮވުނު މެންބަރުންނާގުޅިގެން ފިލްމު އެސޯސިއޭޝަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި އެންމެނާ ގުޅިގެން އެސޯސިއޭޝަން ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޝީލާ ވަނީ ދެއްވައިފައެވެ.