ސަޓާ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ސަޓާ އެވޯޑް 2023---ފޮޓޯ/ސަޓާ

ސައުތު އޭޝިއާގެ އެންމެ ބޮޑު ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ރިކޮގްނިޝަން، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ މި އަހަރުގެ އެޑިޝަންއަށް ނަން ހުށަހަޅަން ހުޅުވާލައިފިއެވެ.

އޮންލައިންކޮށް ނަން ހުށަހެޅުމުގެ ފުރުޞަތު ސަޓާއިން މިހާރު ހުޅުވައިލާފައިވާއިރު ނަން ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އޭޕްރީލް މަހުގެ ދިހަވަނަ ދުވަހެވެ.

ކުރިން 2016 ވަނަ އަހަރު ތައާރަފުކުރި ސަޓާއިން މި އަހަރު ވަނީ އިތުރު ދެ އެވާޑެއް ތައާރަފުކޮށްފައެވެ. އެއީ، ވިޒިޓާސް ޗޮއިސް އެވާޑްސް އަދި ސްޕެޝަލް ރިކޮގޮނިޝަން އެވާޑްސްއެވެ.

ސަޓާއަކީ ހަމައެކަނި އެވޯޑް ހަފްލާއަކަށް ވުރެ ބޮޑަށް އެންމެ ފަހުގެ ޓްރެންޑްތައް ދައްކުވައިދޭ ޕްލެޓްފޯމެކެވެ.

ސަޓާ އެވޯޑް 2023---ފޮޓޯ/ސަޓާ

މި ހަރަކާތުގައި ހޮޓެލްތަކުން ހޯދާފައިވާ ކާމިޔާބީތަކުގެ އަގު ވަޒަންކުރުމާއި، އެއާލައިންތަކާއި، ދަތުރުފަތުރުގެ ކުރިއެރުމާއި ކާމިޔާބީއަށް އެހީތެރިވެދޭ އެހެނިހެން ޖަމިއްޔާތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ އަގު ވަޒަންކުރުން ހިމެނެއެވެ.

މި އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ފަނޑިޔާރުކުރުމާ އެކުގައެވެ. މި އިނާމުތައް ދެނީ ތަފާތު ގޮތަކަށެވެ. އެއީ، ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން، ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން، ބެސްޓް އެޑްވެންޗާ ޑެސްޓިނޭޝަން، އަދި ބެސްޓް އިމާޖިން ޑެސްޓިނޭޝަން ފަދަ ކެޓަގަރީތަކަށް ބަހާލައިގެންނެވެ.

ފާއިތުވި އަހަރުތަކުގައި ސަޓާގެ ވާދަވެރިކަން އިތުރުވެ، ގިނަ ބަޔަކު އަންނަނީ މި އެވާޑަށް ވާދަކުރަމުންނެވެ. މިއީ ސަޓާ އެވޯޑު ބާއްވާ ނުވަ ވަނަ އަހަރެވެ.

comment ކޮމެންޓް