ފަހު ވަގުތު ޕެލަސް ބަލިކޮށް، ޗެލްސީ 10 ވަނައަށް

ގެލެގާ ކާމިޔާބު ކޮށްދިން ލަނޑާއެކު ޗެލްސީގެ ކުޅުންތެރިން އުފާފާޅު ކުރަނީ -- ފޮޓޯ/ ވީ އެއިންޓް ގޮޓް ނޯ ހިސްޓްރީ

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ފަހު ވަގުތު ޖެހި ދެ ލަނޑާ އެކު ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކޮށްފައިވަނީ 3-1 އިންނެވެ.

ޗެލްސީން ޑޮމިނޭޓުކޮށްގެން ކުޅުނު ނަމަވެސް މެޗުގެ 30 ވަނަ މިނެޓުގައި ޕެލަސްގެ ޖެފަސަން ލާމާ ވަނީ ލަނޑެއް ޖަހައި، މެޗުގެ ލީޑު ނަގައިފައެވެ.

ޗެލްސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ކެޕްޓަން ކޯނޯ ގެލެގާ ޖަހައިދިން ލަނޑަކުންނެވެ. މެޗުގައި އެ ޓީމަށް ލީޑު ލިބުނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ލާމާ ޖެހި ލަނޑުންނެވެ.

ޗެލްސީން ވަނީ އޭގެ ކުޑައިރުކޮޅެއް ފަހުން ވެސް އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. އެ ލަނޑު ޖަހައިދިނީ އެންޒޯ ފެނާންޑޭޒެވެ.

މި ނަތީޖާއާ އެކު ޗެލްސީ މިހާރު ވަނީ ކުޅުނު 24 މެޗުން ލިބިފައިވާ 34 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައަށް ކުރިއަށް ޖެހިލައިފައެވެ. މެޗުން ޕެލަސް އޮތީ 24 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ.

comment ކޮމެންޓް