ދޯހާ މެރެތަންއަށް ފޮނުވާ ދެ ކަސްޓަމަރުން އުރީދޫއިން ހޮވައިފި

އުރީދޫ ދޯހާ ރަންގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކުރިއަށްގެންދިޔަ ލަކީޑްރޯ ކާމިޔާބު ކުރި ދެ ކަސްޓަމަރުންނާއެކު ކުންފުނީގެ އިސް ވެރިން -- ފޮޓޯ/ އުރީދޫ

އުރީދޫގެ ދޯހާ މެރެތަންގައި ބައިވެރިވުމުގެ ފުރުސަތާއެކު ގަތަރަށް ހިލޭ ދަތުރެއް ލިބޭ ލަކީޑްރޯގެ ނަސީބުވެރިން އުރީދޫ މޯލްޑިވްސްއިން މިއަދު އިއުލާނުކޮށްފިއެވެ.

އުރީދޫއިން ބުނީ، އެ ލަކީޑްރޯއިން ހޮވިފައިވަނީ އަފީފް އަބްދުލް ސަމަދާއި މުހައްމަދު އަހްމަދު ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ލަކީޑްރޯއަކީ ސިއްހަތާއި ފިޓްނަސް ކުރިއަރުވުމަށާއި މުޖުތަމައުއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ތަފާތު އެކި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ރަމްޒީ ހެއްކެކެވެ.

އަފީފް އަބްދުލް ސަމަދާއި މުހައްމަދު އަހްމަދު ނަސީބުވެރިންގެ ގޮތުގައި ހޮވާފައިވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ޕޫލްގެ ތެރެއިން ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

އުރީދޫއިން ކުރިއަށްގެންދިޔަ ލަކީޑްރޯއިން ހޮވުނު ދެ މީހަކަށް ވަނީ ދޯހާ މެރެތަންގައި ބައިވެރިވުމުގެ ފުރުސަތު ދީފައި -- ފޮޓޯ/ އުރީދޫ

އެ ޝަރުތުތަކުގެ ތެރޭގައި، ވޭތުވެދިޔަ އަހަރެއްހާ ދުވަހު އުރީދޫގެ އެކްޓިވް ކަސްޓަމަރެއްގެ ގޮތުގައި ހުރުމާއި، ހާފް މެރެތަން ނުވަތަ ފުލް މެރެތަން ފުރިހަމަކޮށްފައި ވުމާއި، ދަތުރުކުރުމަށް ސައްހަ ދިވެހި ޕާސްޕޯޓެއް އޮތުން ހިމެނެއެވެ.

އުރީދޫ ދޯހާ މެރެތަން އޮންނާނީ އަންނަ ހުކުރު ދުވަހުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް