ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފިއެވެ.
އުރީދޫންއިން ބުނީ އާ ސެންޓަރަކީ ދެވަނަ ފިޔަވަހީގެ ކަސްޓަމަރުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށް ޓަކައި ތައްޔާރުކޮށް ހުޅުވައިފައިވާ ސެންޓަރެއް ކަމަށެވެ. އަދި އެ ކުންފުނީގެ އެހެން އެކްސްޕީރިއަންސް ސެންޓަރުތަކުންވެސް ލިބޭ ހުރިހާ ޚިދުމަތާއި އެހީތެރިކަން އެ ސެންޓަރުން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
އެ ސެންޓަރު ހުޅުވައިފައިވަނީ ވިނަރެސް ވީ6-ޖީ-03ގައެވެ.
އެ އެކްސްޕީރިއަންސް ސެންޓަރުން ސިމްކާޑު ރަޖިސްޓްރީ ކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޑިވައިސް ގަތުމާއި ޕާސަނަލައިޒްޑް ކަސްޓަމާ ސަޕޯޓް ފަދަ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭނެ ކަމަށް އުރީދޫއިން ބުންޏެވެ. އަދި އެ ސެންޓަރަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ތަމްރީނު ލިބިފައިވާ ފަންނުވެރިންގެ ޓީމަކުން މަސައްކަތްކުރާ ސެންޓަރެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އެ ސެންޓަރަކީ އިން-ޕާސަން ޚިދުމަތް ދިނުމުގެ އިތުރުން އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީ، އެމް-ފައިސާ މޮބައިލް ޕޭމަންޓް، އުރީދޫ އެޕް ބޭނުންކުރާނެގޮތް ކަސްޓާމަރުންނަށް ކިޔާދޭނެ ތަނެއް ކަމަށް އުރީދޫއިން ބުންޏެވެ.
ވިނަރެސްގައި ހުންނަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 0900 - 1200އަށް އަދި މެންދުރު 1300 އިން 1600 އަށެވެ.