ހޮންޑާގެ ވީ8 އިންޖީނެއް ކަމަށްވާ ބީއެފް350، ޑީބްލޫ މެރިންއިން މިހާރު ލިބޭނެ

ހޮންޑާގެ ފުރަތަމަ ވީ8 އިންޖީނު ކަމަށްވާ ބީއެފް350، މިހާރު ޑީ ބްލޫ މެރިންއިން ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުނެފިއެވެ.

މިކަމާ ގުޅިގެން އެ ފިހާރައިން ބުނީ މިއީ ލޭންޑްމާކު އެޗީވްމަންޓެއް ކަމަށެވެ. ސަބަބަކީ މިއީ ވިޔަފާރީގެ އުސޫލުން ހޮންޑާއިން، ވިއްކާ އެންމެ ފުރަތަމަ އިންޖީނުކަމަށް އެ ފިހާރައިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި އިންޖީނުގެ ފިއުލް އިކޮނޮމީ ވެސް ވަރަށް ރަނގަޅު ކަން އެ ފިހާރައިން ވަނީ ފާހަގަ ކޮށްފައެވެ. އަދި ހަމަ އެކަނި ހޮންޑާގެ އައުޓް ބޯޑުތަކުން ފެންނަ ފަދަ އާދަޔާ ޚިލާފު "ޕާފޯމަންސް"އެއް މި އިންޖީނުން ފެންނަ ކަމަށްވެސް އެ ފިހާރައިން ވަނީ ބުނެފައެވެ.

ޑީ ބްލޫ މެރިންއިން ބުނީ މި އިންޖީނަކީ މުޅިން އާ އަދި ބަލައިލަން ރީތި ޑިޒައިނެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް