މާކެޓާސް ސަމިޓްގެ ޓައިޓަލް ސްޕޮންސާއަކަށް އެސްޓީއޯ

"ދަ މާކެޓާސް ސަމިޓް"ގެ ދެވަނަ އެޑިޝަންގެ ޕާޓްނަރުންނާއި ސްޕޮންސަރުން އެމްއޯޔޫތަކުގައި ސޮއިކުރުން --ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް

ރާއްޖޭގައި ދެވަނަ ފަހަރަށް ބާއްވާ މާކެޓާސް ސަމިޓުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯއިން ސޮއިކޮށްފިއެވެ.

ގްލޯބްޓެބް އިންވެސްޓްމެންޓްއިން އިންތިޒާމުކޮށްގެން ބާއްވާ މާކެޓާސް ސަމިޓުގެ 30 ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ)ތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތެއް އިއްޔެ ވަނީ ބާއްވައިފައެވެ.

މި ސަމިޓުގައި އެސްޓީއޯގެ އިތުރުން ޕާޓްނަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ:

  • ރެޑް ކްރިއެޓިކް
  • ނޯޝަން ގުރޫޕް
  • އައިއެންޑްސީ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް
  • މޭރީ މޯލްޑިވްސް
  • ސާކަލް ކެޕިޓަލް

މީގެ އިތުރުން އެމްއެންޔޫ ބިޒްނަސް ސްކޫލާއި މާކެޓިން ދާއިރާގައި ހަރަކާތްތެރިވާ ޗޮޕްއާޓް ވެސް ސަމިޓު ބޭއްވުމުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ. އެ ސަމިޓްގެ އިތުރު ސްޕޮންސަރުންގެ ތެރޭގައި:

  • އައިކެއާ
  • އަދާރަން ޕްރެސްޓީޖް ވާދޫ
  • ބިގް ޕްލޭޓް މޯލްޑިވްސް
  • ލެޓްސް ކޮފީ މޯލްޑިވްސް
  • މަންހަޓަން ބިޒްނަސް ހޮޓެލް
  • މުނި ހޯމްކެއާ
  • ރާމެން ހައުސް
  • އުނިމާ ގްރޭންޑް
  • ޔުނިވާސަލް ޓްރެވެލް ސާވިސެސް
  • މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ
  • އިންޑިއަން ކަލްޗާ ސެންޓާ
  • އެމްއެންޔޫއެސްޔޫ ބޮޑުބެރު
  • ޓެލެންޓް.އެމްވީ
  • ހޮޓެލިއާ މޯލްޑިވްސް
  • ރޯޔަލް ބްލޫ ފިޝިން
  • ދިރާގު
  • ރާއްޖެ 24

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރު ކުރާ އެމްއެމްޕީއާރުސީގެ އިތުރުން އެސްޑީއެފްސީން ވެސް ވަނީ މާކެޓާސް ސަމިޓް އެންޑޯސްކޮށްފައެވެ.

މި ސަމިޓަކީ ރާއްޖޭގެ ވިޔަފާރިތަކުގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަންސް ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސަމިޓެކެވެ.

"ދަ މާކެޓާސް ސަމިޓް"ގެ ދެވަނަ އެޑިޝަންގެ ޕާޓްނަރުންނާއި ސްޕޮންސަރުން އެމްއޯޔޫތަކުގައި ސޮއިކުރުން --ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ގްލޯބްޓެބް އިންވެސްޓްމެންޓްގެ ޑިރެކްޓާ އޮފް މާކެޓިން ކޮމްސް އެންޑް ޕީއާރު ހުސައިން ޝާހިދު ވިދާޅުވީ، މި ސަމިޓުގައި އިސްކަންދޭނީ މާކެޓިންގެ އެންމެ މުހިންމު ބައިތަކަށް ކަމަށެވެ.

މީގެއިިތުރުން، މި ސަމިޓުގައި އިސްކަންދޭނީ އުނގަންނައިދިނުމަށް ކަމަށާއި މިދިޔަ އަހަރުގެ ސަމިޓަށް ވެސް ރާއްޖޭގެ އިތުރުން ބޭރުގައުމުތަކުގެ މާހިރުން ގެނައިކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިއަހަރުގެ ސަމިޓް ހާއްސާކޮށްފައިވަނީ މާކެޓިން ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދައުރަށް ކަމަށާއި އެގޮތުން މާކެޓިންގައި ބޭނުންކުރެވޭނެ އޭއައި ޓޫލްސް މި ސަމިޓުގައި ދަސްކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެެވެ.

އެ ސަމިޓު އޮންނާނީ މި މަހު 23 އަދި 24ވަނަ ދުވަހު އެމްއެންޔޫ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. އެ ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވާލާފައެވެ. އެކަމާ ބެހޭ އިތުރު މައުލޫމާތު މާކެޓާސް ސަމިޓު ވެބްސައިޓުންނާއި, 7600114 އަދި 7322223 ނަމްބަރަށް ގުޅުމުން ލިބޭނެއެވެ.

comment ކޮމެންޓް