އެމްއެންޔޫގެ ވައިސް ޗާންސެލަރަކަށް އަބްދުއްރަހްމާން މުބާރަކް

އެމްއެންޔޫގެ ވައިސް ޗާންސެލަރު ކަމުގެ މަގާމު ހަވާލު ކުރުމުގެ ތެރެއިން--- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ މަގާމު، އަބްދުއްރަހްމާން މުބާރަކާ މިއަދު ހަވާލުކޮށްފިއެވެ.

އަބްދުއްރަހްމާންއާ މަގާމު ހަވާލު ކުރުމަށް އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް ވިދާޅުވީ އޭނާއަކީ ތައުލީމީ، ގާބިލު އަދި ތަޖުރިބާ ހުރި ބޭފުޅެއް ކަމަށެވެ.

"އެ ބޭފުޅާގެ ތަސައްވުރުންވެސް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ، އެބޭފުޅާ އެ ހަވާލުވާ ޒިންމާގެ ދާއިރާއިން ޔުނިވާސިޓީ އާ އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ ކަން،" ޝެހެނާޒް ވިދާޅުވިއެވެ.

އަބްދުއްރަހީމަކީ ޔުނިވާސިޓީއަށް އެކި ރޮނގުރޮނގުން ތަފާތު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ޔުނިވާސިޓީގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރެއްވުމަށް އަމިއްލައަށް އިސްނަންގަވައިގެން އަބްދުއްރަހީމް މަސައްކަތްތައް ކުރައްވާފައިވާ ކަމަށެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު ކަމުގެ މަގާމު ހަވާލު ކުރުމުގެ ތެރެއިން--- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް

އެ ރަސްމިއްޔާތުގައި އަބްދުއްރަހްމާން ވިދާޅުވީ، އެމްއެންޔޫގެ ތަސައްވުރު ހާސިލު ކުރުމަށްޓަކައި އޭނާ އޭނާގެ ދާއިރާއިން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު މި މަގާމު ދެކެނީ އަޅުގަނޑަށް ހަވާލުވެފައި އޮތް މަގާމަކަށްވުރެ ބޮޑަށް ޒިންމާ އެއްގެ ގޮތުގައި، އަދިި މަސްއޫލިއްޔަތެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔުނިވާސިޓީއަކީ މުވައްޒަފުންނަށް ދުޅަހެޔޮ އަދި އުފާވެރި އަދި މުވައްޒަފުންނަށް އިސްކަންދޭ ތަނަކަށް ހެދުމަކީ އޭނާ އަބަދުވެސް ގެންގުޅުއްވާ ވިސްނުމެއް ކަމަށެވެ. އަދި މި މަގުން ކަންތައް ކުރެވޭތޯއާއި ހިންގޭތޯ މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޔުނިވާސިޓީގެ މެނޭޖުމަންޓުން އޭނާއަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމާމެދު އެއްވެސް ވަރަކަށް ޝައްކު ނުކުރާ ކަމަށެވެ.

comment ކޮމެންޓް