ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

މެއި 27، 2020: ސިނަމާލެ ބްރިޖްއާ ދިމާލުން މާލޭގެ މަލަމަތި: ހެންވޭރުގެ ބަޔަކުން ވަނީ ކަރަންޓު ކެނޑިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރާންސްފޯމަރެއް ނިވި، މާލޭގެ ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މިއަދު މެދުކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓްގެ ޚިދުމަތް މެދުކެނޑުނީ އެ ކުންފުނީގެ ޓްރާންސްފޯމަރެއް ނިވުމުން ކަމަށެވެ.

އަދި، މި މައްސަލަ ހައްލުކޮށް އަލުން އެ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން، މި ކަމުގެ ސަބަބުން ދިމައިވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.

މާލޭ ސަރަޙައްދުގައި ކަރަންޓު ކެނޑޭ މިންވަރު މަދުކޮށް، ކަރަންޓު ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް އެ ކުންފުނިން ވަނީ މަޝްރޫއެއް ހިންގަން ނިންމައިފައެވެ.

މާލޭ ސަރަހައްދުގައި އަދިވެސް، މަދުން ނަމަވެސް ކަރަންޓު ކެނޑެއެވެ. ޚާއްސަކޮށް ހޫނު މޫސުމުގައާއި ރޯދަމަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ އޯވާލޯޑުވުމުގެ ސަބަބުން ވެސް ކަރަންޓު ކެނޑެން ދިމާވެއެވެ.

comment ކޮމެންޓް