ސްޓެލްކޯގެ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓި، ޒުވާނަކު ނިޔާވެއްޖެ

ސްޓެލްކޯ ފުލެޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ/ އެމްވީކްރައިސިސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން އަޅައިފައިވާ ޓަވަރުތަކުގެ ތެރެއިން ޓަވަރެއްގެ 12ވަނަ ފަންގިފިލާއިން ޒުވާނަކު ވެއްޓި ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ސްޓެލްކޯގެ ސީ ޓަވަރުގެ ބިއްދޮށް ފަޅިއަށް ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވާ ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އޭގެ ފަހުން ފުލުހުން ވަނީ، ވެއްޓިފައި އޮއްވާ ފެނުނީ ހ. ގިނިރާހިއާގެ، 31 އަހަރުގެ އިބްރާހީމް ޝަރަފް ކަމަށް ބުނެފައެވެ. އަދި ފެނުނުއިރުވެސް އޭނާ ނިޔާވެފައިވާ ކަމަށާއި، އޭނާ ވެއްޓުނީ ޓަވަރުގެ 12 ވަނަ ފަންގިފިލާއިންކަން ކަމަށް ބުނެފައެވެ.

އެ މީހާ ޓަވަރުން ވެއްޓިފައިވަނީ ކޮން އިރަކު ކަމެއް އަދި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަފުސީލެއް ވެސް ފުލުހުން ހާމަކޮށްފައިނުވެއެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް