Ooredoo
Dhiraagu

ރޯދައަށް އިތުރު 17 މެގަވޯޓުގެ ކަރަންޓު އުފެއްދޭ 12 ޖެންސެޓު މާލޭ ސަރަހައްދުގައި ބަހައްޓަނީ

ސްޓެލްކޯގެ އެމްޑީ ފަހުމީ: ރޯދަ މަހަށް މާލޭ ސަރަހައްދުގައި 13 ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ ސްޓެލްކޯ

ރޯދަ މަހަށް މާލެ ސަރަހައްދުގައި އިތުރު 17 މެގަވޯޓުގެ ކަރަންޓު އުފެއްދޭ 12 ޖެންސެޓު ބަހައްޓަން ސްޓެލްކޯއިން މަަސައްކަތް ފަށައިފިއެވެ.

ADK GENERAl

"ސަން"އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖުމްލަ ސްޓެލްކޯއިން ގެނައީ 13 ޖެންސެޓު ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެއް ޖެންސެޓު، އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލު ގެނައުމަށް ފެނަކައަށް ދިނުމުން، މިވަގުތަށް މާލެ ސަރަހައްދުގައި އިތުރަށް ބަހައްޓަނީ 12 ޖެންސެޓުކަމަށް ވިދާޅުވިއެވެ.

އެއާއެކު މި ޖެންސެޓުތަކުން 17 މެގަވޯޓުގެ ކަރަންޓު އުފެއްދޭނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ "ސަން"އަށް ވިދާޅުވީ، މިހާރު ހުޅުމާލޭގައި އާ އިންޖީނު ގެޔެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަލަށް އިންސްޓޯލުކުރާ ޖެނަރޭޓަރުތައް ބަހައްޓާނީ އެ އިންޖީނު ގޭގައި ކަމަށާއި އެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖެނެރޭޓަރާއެކު ޓްރާންސްފޯމަރު ބެހެއްޓުމާއި އެތަނަށް ބޭނުންވާ ފިއުލް ލައިން އެޅުމާއި ފިއުލް ޓޭންކް ބެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ތަނުގައި ތިބޭ މުވައްޒަފުން ނަމާދު ކުރުމަށާއި ރޯދަ ވީއްލުމުގެ ކަންތައްތައް ކުރުމަށް ވެސް ޖާގަތައް ހެދުމުގެ މަސައްކަތް ކުރާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާތްގަނޑަކަށް 17 މެގަވޯޓުގެ ކަރަންޓު އުފައްދާ އެ ޖެނެރޭޓަރުތައް ބެހެއްޓުމަކީ ބުރަ މަސައްކަތެއް ކަމަށާއި ނަމަވެސް އަށް ދުވަސްތެރޭ މަސައްކަތް ނިންމަން އަމާޒު ހިފައިފައިވާ ކަމަށެވެ.

އެ ޖެނެރޭޓަރުތަކާއެކު، ރޯދަ މަހުގެ ޑިމާންޑާ އެއްވަރަށް ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޯދަމަހަކީ އާންމު ގޮތެއްގައި ވެސް މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު އެތައް ގުނައެއް އިތުރުވާ މަހެކެވެ. ޚާއްސަކޮށް ހޫނު މޫސުމާއި، ރޯދަ މަސް އެއް ދުވަސްވަރަކާ ދިމާވާތީ ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާން މަގުފަހިވެއެވެ.

ގުޅޭ ޓެގު
Redstar
comment ކޮމެންޓް

comment 12 އިން 17

2 month 4 week ago

12 ޖެންސެޓް ބެހެއްޓީމަ އުފެއްދެނީ އެއްމެ 17 މެގަވޯޓް! ތިއަރޭޓްގައި ކަރަށްޓް އުފެއްދޭނަމަ ރަށުގެ ދެބައިކުޅަ އެއްބައި ޖެންސެޓް ބަހައްޓަން ބޭނުންވާނެނުން. ތިޔަހެން ނަހަދާ، މަސްކޭސް ބަހާހެން ކޮއްމެ ގޭބިސީއަކަށް ޖެނަރޭޓަރެއް ދޭންވީނުން، އޭރުން ހުންނާނީ ޖެނަރޭޓަރު ގިނައިން ގެނެވިފަނުން...

comment އައިމަން

2 month 4 week ago

ޓީވީއެމްގެ ޚަބަރުގައި ބުނި އައްޑޫ އަށް އައު ޖެންސެޓް ގެންގޮސް އިންސްޓޯލްކޮށް ކަރަންޓުކެނޑޭ މައްސަލަ އެކީ ޙައްލު ކޮށްފިކަމަށް. އެކަމަކު ހަމަ ބަރާބަރަށް އަދިވެސް ލޯޑުބޮޑުވާތީ 1 ގަޑިއިރަށް ކަރަންޓު ކަނޑަމުންދަނީ، މިވަރަކުން ނުވާނެ ދެއްތޯ؟

comment ފަޒީ

2 month 4 week ago

ރޯދަމަސް ފެށެން ހަފްތާއަކަށް ވީމަ ކޮން ޖެންސެޓެކޭ ކިޔާކަށް. ގެޔަށް ދޭބަލަ ހަރުދަނާކޮއް ކަންކަން ކުރަންނޭގެންޏާ. ދަޅަ ދައްކަން އުޅޭނެ ކަމެއްނެތް، މުއައްޒަފުން ގަނަތަޅުވައި ތާކުން ތާކުން ނުޖެހި.