ދޯންޏަށް އެރީ ކައިރި ގައުމުތަކުގެ އަސްކަރީންތޯ ބެލުން ސަރުކާރަށް ލާޒިމު: އެމްޑީޕީ

އެމްޑީޕީގެ އިސްވެރިން: އެ ޕާޓިން ބުނީ މަސްވެރި ދޯންޏަށް އެރި މައްސަލަގައި ކައިރި ގައުމުތަކުގެ އަސްކަރީން ހިމެނޭތޯ ބެލުން ސަރުކާރަށް ލާޒިމު ކަމަށް -- ފޮޓޯ/ އެމްޑީޕީ

ރާއްޖޭގެ ސަރަހައްދުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުން ދިޔަ އދ.މަހިބަދޫގެ ދޯންޏެއް ކަމަށްވާ "އަސުރުމާ 3"އަށް ބޭރުގެ ސިފައިން އެރި މައްސަލައެއްގައި އަވައްޓެރި އިންޑިއާއާއި ސްރީލަންކާގެ އަސްކާރީން ޝާމިލުވޭތޯ ބެލުމަކީ ސަރުކާރަށް ލާޒިމު ކަމެއް ކަމަށް އެމްޑީޕީން މިރޭ ބުނެފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، އެ ދޯންޏަށް ބޭރު ގައުމެއްގެ ސިފައިން އަރައި ފަޅުވެރިންނާއި ސުވާލުކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެ ކަމާ އެ ޕާޓިން ކަންބޮޑުވާ ކަމަށެވެ.

މި މައްސަލައަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުގައި ހިމެނޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބެލުމަށް އެ ޕާޓިން ވަނީ ގޮވާލާފައެވެ. އަދި މިކަމުގެ މައުލޫމާތު ވީއެންމެ އަވަހަކަށް އަވައްޓެރި އިންޑިއާ އަދި ސްރީލަންކާގެ ސަރުކާރާއި ހިއްސާކުރުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

"ރާއްޖޭގެ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ ސަރުކާރާ މި މައުލޫމާތު ވީ އެންމެ އަވަހަށް ހިއްސާކޮށް އެއިން ގައުމެއްގެ އަސްކަރިއްޔާ މިކަމުގައި ޝާމިލުވޭތޯ ބެލުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް" އެ ބަޔާނުގައިވެއެވެ.

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަކީ އެމްއެންޑީއެފްގެ ޒިންމާއެއްކަން ފާހަގަކޮށް އެމްޑީޕީން ވަނީ މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް ރާއްޖޭގެ ކަނޑުގައި ދަތުރުކުރާ މަސްވެރިންނާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހަދައިދިނުމަށް ގޮވާލާފައެވެ.

މިކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ ބޭރު ގައުމެއްގެ އަސްކަރީ އުޅަނދަކުން އދ. މަހިބަދޫ އަސުރުމާ-3 ދޯންޏަށް އެރީ އެ ދޯނި ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ.

https://www.sun.mv/188142

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ކައިރިއަށް އިންޑިއާގެ މަނަވަރެއް މަޑުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް