ކަސްޓަމްސްގެ މަސައްކަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަން ފަށައިފި

ކަސްޓަމްސްގެ މަސައްކަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަން ފެށުން-- ފޮޓޯ/ކަސްޓަމްސް

ކަސްޓަމްސްގެ މަސައްކަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް
(އޭއައި) ބޭނުންކުރަން ފަށައިފިއެވެ.

މި ޚިދުމަތް އިފުތިތާހު ކުރީ ބައިނަލްއަގުވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމުގެގޮތުން މިއަދު ބޭއްވި ޚާއްޞަ ހަފުލާއެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު، އިބްރާޙިމް ޝަރީފް މުޙައްމަދެވެ.

ކަސްޓަމްސްއިން ބުނީ އޭއައި ބޭނުންކުރާނީ އިމްޕޯޓް/އެކްސްޕޯޓް މުދާ
ގިންތިކުރުމުގައި ކަމަށެވެ. މި ޚިދުމަތުގެ ސަބަބުން މުދާ ޑިކްލެއާކުރުމާއި މުދަލުގެ ލިޔެކިއުން ނިންމުމަށް މިހާރު ހޭދަވާ ވަގުތު
ކުޑަކުރެވޭނެ ކަމަށް އެ ޚިދުމަތުން ބުންޏެވެ.

އެ ރަސްމިއްޔާތުގައި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު، މުހައްމަދު ސައީދު ވިދާޅުވީ، ގްލޯބަލް ސަޕްލައި ޗެއިންއަށް އަންނަ ބަދަލުތަކާ އެއްވަރަށް ކަސްޓަމްސްއިން ވިޔަފާރިއަށް ފަހިކަން ގެނެސްދިނުމަކީ ގައުމުގެ އިގުތިސާދީ ކުރިއެރުމަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި އޭއައިގެ ޚިދުމަތުގެ އިތުރުން، އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓާ (އޭއީއޯ)ގެ ޚިދުމަތް ވެސް އިފުތިތާހުކުރިއެވެ.

އޭއީއޯ ޕްރޮގްރާމަކީ ކަސްޓަމްސްތަކުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރާ އިމްޕޯޓް އެކްސްޕޯޓްގައި ގާއިމްވެ އެކަށީގެންވާ މުއްދަތެއް ހޭދަކޮށްފައިވާ، ކަސްޓަމްސްއާއެކު ކުރެވޭ މުއާމަލާތްތަކުގައި ސާފު ރެކޯޑްތަކެއް ދަމަހައްޓާފައިވާ ފަރާތްތަކަށް ޚާއްޞާ ޚިދުމަތެއް ދިނުމުގެ މަގްޞަދުގައި ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާއިން ތަޢާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ.

comment ކޮމެންޓް