ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ ނިންމުމަށް ހުރަސް އެޅުން: ނައިބު ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް:ނައިބު ރައިސް ވިދާޅުވީ ރައީސް އައްޔަނު ކުރެއްވި ވަޒީރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ ނިންމުމަށް ހުރަސް އެޅުން ކަމަށް-- ފޮޓޯ/ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމަކީ ރައްޔިތުންގެ ނިންމުމަށް ނޫނެކޭ ބުނުން ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަޒީންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ ނިންމުމަށް އަސާސެއް ނެތި ހުރަސް އެޅުން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން މިއަދު ފެނިގެންދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ނައިބު ރައީސް ޙުސައިން ވިދާޅުވީ، އެ ނިންމުން އަލުން މުރާޖާކޮށް، އިސްލާހުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ރުހުން ނުދިނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށެވެ.

ނަމަވެސް މިރޭ ރައީސް ވަނީ އެ ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަންކުރައްވައިފައެވެ.

comment ކޮމެންޓް