ނައިޖީރީއާގެ ބޯނޯ ސްޓޭޓްގެ ގުބިއޯ ޓައިނުގައި އެއްޗެއް ގޮވައި ސްކޫލް ކުދިންތަކެއް މަރުވެއްޖެއެވެ.
ގޮވައިފައި ވަނީ ދަގަނޑުން ހަދައިފައިވާ އެހެން ޒާތެއްގެ އެއްޗެއް ކަމަށް ހީކޮށް ފޮރުވައިފައިވާ ބޭއްވި ގޮވާޒާތުގެ އެއްޗެކެވެ. ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގައިފައި ވަނީ ގުބިއޯ ޓައުނުގައި ހުންނަ އިސްލާމިކް ސްކޫލެއްގެ ނުނިމި ހުރި އިމާރާތެއްގައެވެ.
ގޮވާ ޒާތުގެ އެ އެތި ފެނުމުން އެ ވިއްކައިލުމުގެ މަގުސަދުގައި ސްކޫލް ކުދިންތަކެއް ވަނީ ނުނިމިހުރި އެ އިމާރާތުގައި އެ ފޮރުވައިފައެވެ.
ބޯނޯ ސްޓޭޓްގެ ފުލުހުންނާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކުރާ ގޮތުގައި އެ ސްކޫލް ކުދިންނަކީ އާންމުކޮށް ދަގަނޑާއި އެ ނޫން ވެސް މައުދަންތަކުން ހަދާފައި ހުންނަ ބައު ތަކެތި އެއްކޮށް އާންމުންނަށް ވިއްކާ ކުދި ބައެކެވެ.
އެ ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.