ހޯދަން އިއުލާނުކުރިތަނާ ގެއްލުނު މީހާ ފެނިއްޖެ

ގެއްލިގެން ހޯދާ ރާމިޒާ --

ދ. މީދޫން ގެއްލިގެން ހޯދަން ފުލުހުން މިއަދު އިއުލާނު ކުރި ދުނބުރިމާގެ މަރިޔަމް ރާމިޒާ، 36 ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އޭނާ ފެނިފައި ވަނީ މިއަދު 11:40 ހާއިރު ކަމަށެވެ. އަދި, އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުންޏެވެ.

ރާމިޒާ ގެއްލިގެން ފުލުހުން އިއުލާނު ކުރީ، މިއަދު 11 ޖަހަނިކޮށެވެ. ފުލުހުން ބުނީ، އޭނާ މިހާރު ދިރިއުޅޭ އެޑްރެސް އަކީ ވ. ލަކީޝޮޕް ކަމަށާއި އޭނާގެ ޚަބަރެއް ނުވެގެން ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ 20:37 އެހާއިރު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ އާއިލާއަށް އެންމެ ފަހުން ފެނިފައި ވަނީ، މިދިޔަ އަންގާރަ ދުވަހު 21:00 ހާއިރު އޭނާ ދިރިއުޅޭ ގެއިންނެވެ.

މީހުން ގެއްލުމުގެ ރިޕޯޓު ދޭތެރެއަކުން ފުލުހަށް ހުށަހެޅި ނަމަވެސް، އިއުލާނު ކުރާތާ ކުޑަ އިރުކޮޅެއް ތެރޭ ގިނަ ފަހަރަށް އެމީހުން އަމިއްލައަށް އާއިލާއާ ހަވާލުވެއެވެ.

comment ކޮމެންޓް