ކާމިލް ދީދީ ޕްރައިމަރީ ސްކޫލް މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް ---

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ހުޅުވައިލައިފިއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ސްކޫލް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފައިވާ ކަމަށެވެ. އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމުގެ ސުން ގަޑިއަކީ މި މަހުގެ 26ގެ ނިޔަލެވެ.

މިނިސްޓްރީއިން ބުނީ ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ 10:00 ގައި އެޑިއުކޭޝަން މިނިސްޓްރީގެ އަށްވަނަ ފަންގިފިލާގެ މީޓިން ރޫމް ދޭއްގައި ކަމަށެވެ.

އަދި އެ މިނިސްޓްރީއިން ބުނީ ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000 ރުފިޔާ ހުށަހަޅަން ޖެހޭނެކަމަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ.

ކާމިލް ދީދީ ޕްރީ ސްކޫލަކީ ނިމިދިޔަ ސަރުކާރުން ތަރައްގީކުރި ސްކޫލެކެވެ. އެ ތަނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ، ފެންނަ ފެނުމަށް ވަރަށް އާދައިގެ ގޮތަކަށް އެ ސްކޫލު އިމާރާތްކޮށްފައިވާ ކަމަށް ބުނެއެވެ.

comment ކޮމެންޓް