Dhiraagu
Dhiraagu

މާލެއާއި ރަސްމާލެ ގުޅުވާލާނީ ދުނިޔޭގެ ފުރަތަމަ، ކަނޑުއަޑީގެ ބިންގަރާހުން: ރައީސް

މާލޭ ސިޓީ މޭޔަރު އާޒިމް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް: މާލެއާއި ރަސްމާލެ ގުޅުވަލާނީ ދުނިޔޭގެ ފުރަތަމަ، ކަނޑުއަޑީގެ ބިންގަރާހުން ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކައިގެން ހަދާ ރަސްމާލެ، މާލެ ސިޓީއާ ގުޅުވާނީ ދުނިޔޭގެ ފުރަތަމަ، ކަނޑުއަޑީގެ ބިންގަރާހުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

Ooredoo

މާލޭ ސިޓީ ކައުންސިލްގެ އާ މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، 'އަންޑަވޯޓާ ޓަނަލް' ހަދާނީ އޭގެ އެތެރެއިން ރޭލުގައި ދަތުރުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ހަދާފައިވާ ޓަނަލްއަކަށް ކަމަށެވެ.

"އެ މަސައްކަތް ކުރުމަށް ޓަކައި އަޅުގަނޑުމެން އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާއެކުގައި މިހާރު ވަނީ ފީޒިބިލިޓީ މަސައްކަތް ފަށާފައި. މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް. މިއީ ރާއްޖެއަަށް ޓޫރިސްޓުން އިތުރުވާނެ މަޝްރޫއެއް،" ރައީސް ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވުން: އެ ފަޅުގައި އަޅާ ރަސްމާލެއަކީ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު -- ފޮޓޯ/ ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން މާލެ ސަރަހައްދުގައި މީހުން ދިރިއުޅޭނީ، ގުޅިފައިވާ ރަށްތަކުގައި ކަމަށެވެ. އަދި މާލޭ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ބުރިޖުތައް އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމީ ބޮޑެތި މައްސަލަތަކާ ގުޅުން ހުރި މަސައްކަތްތައް ފިޔަވައި މި ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ބޯހިޔާވަހިކަމަށްކަން ކެމްޕެއިން ތެރޭގައި ވިދާޅުވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެ ސިޔާސަތުގެ ދަށުން ސަރުކާރުން ކުރާ މަސައްކަތާއެކު، މި ފަސް އަހަރު ނިމޭއިރު، ރާއްޖެއަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ޔަގީންކަން މިދެނީ ވަރަށް ސާބިތުކަމާއެކީގައި އިރާދަކުރެއްވިއްޔާ. ހުރިހާ ކައުންސިލަތަކެއްގެ އެއްބާރުލުމާއެކީގައި އެ މަސައްކަތް ކުރާނީ. މިއީކީ ސިޔާސީ ކަމެއް ނޫން. މިއީ ގައުމީ ކަމެއް،" ރައީސް ވިދާޅުވިއެވެ.

"މިކަމުގައި ސިޔާސީ ވިސްނުން އިސްކޮށްފިއްޔާ ރައްޔިތުންނަށް ލިބޭނީ ގެއްލުން."

ރަސްމާލެ މަޝްރޫއުއަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއުއެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް ސަރުކާރުންވަނީ އަމާޒު ހިފައިފައެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މީގެ ކުރިން ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމައި ވާ ވަރުގެ ތިންގުނަ ބޮޑު ސަރަހައްދެކެވެ.

Redstar
comment ކޮމެންޓް

comment ރިޗީ

1 year 3 month ago

ކަލޯ މުއިއްޒު ހިނގާބަލަ މުޅި ރާއްޖޭގެ ހުރިހާ ބޮޑެތި ރަށްތަކުގެ ކަރަންޓި ނެޓްވޯކު ކަނޑުން އަޅާލަފަ މުޅިގައުމުގަ އެންމެ އިންޖީނުގެޔެއް ހަދާލަމާ. ޢޭރުން ކިހާ ފަސޭހަވާނެ.

comment ނީޒާ

1 year 3 month ago

ކަލޯ މިފަހަރު ހޮޅިއަޅާނީ ކަނޑުއަޑިން އެހެންނުން.

comment ރީތިވިއު

1 year 3 month ago

ތިކަން ކުރެވިއްޖެނަމަ ތިޔައީ ރާއްޖޭގެ ޓޫރިޒަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. ދައުރު ނިމުމުގެ ކުރިން ތިކަން ކުރެވޭތޯ ބައްލަވައިދެއްވާ. ޗައިނާ ފަދަ ކުރިއަރާފައިވާ ގައުމުތަކަށް ތިކަން ކުރެވޭނެ. އިންޖިނޭރުންވެސް ތިބޭނެ. ފައިސާވެސް ހޯދޭނެ. ކަންކުރާނެ ގޮތްވެސް އެނގޭނެ. ޕީޕީއެމް އަކީ ރާއްޖޭގެ ތަރައްޤީގައި އަބަދުވެސް ތަފާތު ދައްކާ ބައެއް.

comment އިބްރާހީމް

1 year 3 month ago

"މާލެއާއި ރަސްމާލެ ގުޅުވާލާނީ ދުނިޔޭގެ ފުރަތަމަ، ކަނޑުއަޑީގެ ބިންގަރާހުން: ރައީސް" https://twitter.com/Muhammad_Aiysh/status/1749512931543539941/video/1 ދުނިޔޭގައިވެސް ޤާއިމްކުރާ ފުރަތަމަ ކަނޑުއަޑިގެ ޓަނަލޯ؟ ބޮޑުވަރު!

comment ޝާހް

1 year 3 month ago

ބިންގަރާސް އަދި ކަނޑުގަރާސް. އެހެންނުން.

comment ޝަމީ

1 year 3 month ago

ރަސްމާލެ ރޭލު އޮތްތާ ބާއްވާފަ ފުރަތަމަ ފެނަކައިން އާންމު ވިޔަފާރިތަކަށް ދޭންޖެހޭ ދަރަނި ފައިސާގެ 2 ބިލިޔަން ރުފިޔާ ދޭށެވެ.

reply ދޮން ބަބުރު ސޮރު

1 year 3 month ago

ފެނަކަ ދޮވެލި ވަގުން ހޯދަން ގޮވާ ނުލާ ފައިސާ ނުޖެހޭ ބަޔަ އަތުން ހޯދާނެ ވަގުތު ނުދީ އުޅުމަކީ ބޮޑެތި ވަގުން ގެ ސިފައެއް

comment ޝާން

1 year 3 month ago

ތިޔަށް ކިޔަމާ ރަސްކަނޑު ކޮސް. އަދި ކޮސްރޭލު. 3 ލައްކަ ހަމަނުވާ ކަނޑު ރޭލު އެންޑު ކޮސް.

reply ދޮން ބަބުރު ސޮރު

1 year 3 month ago

ޖޭ ވިޔަސް ތިވަރު ވާކަށް ނުވާނެ، ބަލަގަ ތަރައްގީ އަކީ ހުޅުމާލޭގަ އިތުރު 16 ބިލްޑިންގު އެޅުމެއް ނޫން.

comment ދެރަސޮރު

1 year 3 month ago

އެކަމަކު ވިނަރެސްގެ ފްލެޓް ކުލިން 4200 ރުފިޔާ އުނިކުރެއްވިކަމަށް ހެއްދެވީ އިތުރުފުޅެއް ދެއްތޯ؟ ކެބިނެޓުން ނިންމަވައިފިއޭ ކިޔުއްވާފަ