ޕާޓީތަކަށް 44 މިލިއަން ދޫކުރަނީ: ސަރުކާރު ކޯލިޝަނަށް 18 މިލިއަން

ސެޕްޓެމްބަރު 29، 2023: ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ފަހު ކެމްޕޭން ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ސަރުކާރު ހިންގާ މައި ކޯލިޝަން، ޕީޕީއެމް ޕީއެންސީއަށް ޖުމުލަ 18 މިލިއަނަށް ގިނަ ރުފިޔާ ދޭން ހިމަނައި، ސިޔާސީ ހަ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން 44 މިލިއަން ދޫކުރަން ނިންމައިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.

އީސީއިން މިއަދު ބުނީ، އެ ކޮމިޝަަނުގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓިތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓަށް ރައްޔިތުން މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވި ހަ ޕާޓީ އަކަށް 44 މިލިއަން ރުފިޔާ ދޫކުރަން ނިންމައިފައިވާ ކަމަށެވެ.

ފައިސާ ދޫކުރަން ނިންމާފައިވަނީ:

  • އެމްޑީޕީ - 15،101،580.43 ރުފިޔާ
  • ޕީޕީއެމް - 10،491،054.20 ރުފިޔާ
  • ޕީއެންސީ - 8،167،689.58 ރުފިޔާ
  • ޖުމްހޫރީ ޕާޓީ - 5،314،312.83 ރުފިޔާ
  • އަދާލަތު ޕާޓީ - 2،547،533.69 ރުފިޔާ
  • އެމްޑީއޭ - 2،477،734.28 ރުފިޔާ

ނަމަވެސް މި ފައިސާ ދޫކުރަން ފަށާނެ ދުވަހެއް އީސީން ބުނެފައެއް ނުވެއެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދެނީ ޕާޓީތަކުގެ ހަރަކާތްތައް ހިންގުމުގެ މަގުފަހިކުރުމަށެވެ. ޕާޓީތަކަށް ބަޖެޓު ދޫކުރަން ނިންމިއިރު، ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. މި އިންތިޚާބާ ދިމާކޮށް ޕާޓީތަކުން ކެމްޕޭނަށް ބޮޑު ޚަރަދެއްކުރާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް