އައިޔޫއެމްގެ ހަތް ފެކަލްޓީއަކަށް ޑީނުން އައްޔަންކޮށްފި

ޑީނުން އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/އައިޔޫއެމް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ހަތް ކުއްލިއްޔާ/ސެންޓަރަކަށް ބޭފުޅުން މިއަދު އައްޔަންކޮށްފިއެވެ.

މި މަގާމުތައް ޑީނުން ކަނޑައެޅުމަށް އައިޔޫއެމްގައި މި ކަމަށް ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ.

ހަތް ސެންޓަރެއްގެ ޑީނުންގެ ގޮތުގައި އައްޔަންކޮށްފައިވާ ބޭފުޅުންނަކީ:

1- ފައްޔާޒު ޢަލީ މަނިކު / ކެލާ، ބ.އޭދަފުށި ޑީން (ކުއްލިއްޔާ އޮފް އެރަބިކް ލެންގްވޭޖް)

2- ޑރ. ޢާއިޝަތު ޝިނާ / މއ. ޑޯންލައިޓް، ކ. މާލެ ޑީން (ކުއްލިއްޔާ އޮފް އެޑިޔުކޭޝަން)

3- ނިމާލު މުޙައްމަދު / ލަކީހޯމް، ގއ ދާންދޫ ޑީން (ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް)

4- ޢަލީ ނިޝާމް / މ.ހޮޓާދޮށުގެ, ކ.މާލެ ޑީން (ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ)

5- ޢަބްދުއްޞަމަދު މުޙައްމަދު / މއ. ޕެސިފޯލޯރާ، ކ.މާލެ ޑީން (ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް)

6- ޑރ. ފާޠިމަތު މުނާ/ ސަނޯރާމާގެ، އދ.މަހިބަދޫ ޑީން (ސެންޓަރ ފޯރ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒް)

7- ޑރ. އާމިނަތު ޝާފިޔާ އާދަމް/ ދަފްތަރު. ނަންބަރު ރސ 4987 ޑީން (ސެންޓަރ ފޯރ ރިސާރޗް އެންޑް ޕަބްލިކޭޝަން)

އެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރީ، ޔުނިވާސިޓީން އެމަގާމުތަކަށް ކުރިމަތިލުމަށް ކުރި ޢިއުލާނާ ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް ބެލުމަށް ފަހު ކަމަށް އައިޔޫއެމްއިން ބުންޏެވެ.

އެ ޑީނުން އައްޔަންކުރައްވާފައިވަނީ ހަތަރު އަހަރުގެ މުއްދަތަކަށެވެ

comment ކޮމެންޓް