ރަސްމީ ދަތުރުފުޅުތަކުގައި ހަތަރު މިނިސްޓަރުން ސައުދީގައި

ފިނޭންސް މިނިސްޓަރާއި އިސްލާމިކް މިނިސްޓަރު ސައޫދީ ފަންޑުގެ އިސްވެރިންނާ ވަނީ ބައްދަލު ކުރައްވައިފަ--- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖޭގެ ހަތަރު މިނިސްޓަރަކު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

މިހާރު ސައޫދީގައި ތިއްބެވި ހަތަރު މިނިސްޓަރުންނަކީ ، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ، ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޝަހީމް ވަނީ މުސްލިމް ވޯލްޑް ލީގުގެ ސުޕްރީމް ކައުންސިލް މީޓިންގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި މުސްލިމް ވޯލްޑް ލީގުގެ ސެކްޓްރީ ޖެނެރަލް އާ ވެސް އޭނާ ވަނީ ބައްދަލު ކުރައްވައިފައެވެ.

އަދި މި ދަތުރުފުޅުގައި ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް އާ ބައްދަލު ކުރައްވައި ރާއްޖޭގެ ޒަކާތު ހައުސް ކުރިއަރުވަން ތަފާތު މަޝްވަރާ ތަކެއް ކުރެވުނު ކަންވެސް އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

ފިނޭންސް މިނިސްޓަރު ޝަފީގު ސައޫދީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަންނަނީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވަމުންނެވެ. އޭގެ ތެރޭގައި އޯޕެކް ފަންޑާއި، ސައޫދީ ޑިވެލޮޕްމަންޓް ފަންޑާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްވެރިންވެސް ހިމެނިވަޑައިގަންނަވައެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދާއި ފޮރިން މިނިސްޓަރު، ޒަމީރު ސައުދީއަށް ވަޑައިގެންނެވީ ވޯލްޑް އިކޮނޮމިކް ފޯރަމުގެ ޚާއްސަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ބައްދަލުވުމުގައި އެކި ގައުމުތަކުން 700 ލީޑަރުން ބައިވެރިވެ މުހިންމު މަޝްވަރާ ތަކެއް ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް