ފިލިޕީންސްގައި ބިންގަނޑު ކަނޑައިގެން ގޮސް، ހަތް މީހަކު މަރުވެއްޖެ

ފިލިޕީންސްގައި ބޯކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހަތް މީހަކު ވަނީ މަރުވެފައި -- ފޮޓޯ/ކެންބަރާޓައިމްސް

ފިލިޕީންސްގެ ދެކުނުގައި އޮންނަ ދަވާއޯ ދެ އޮރޯ ޕްރޮވިންސްއަށް ބޯކޮށް ވަރޭ ވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެންގޮސް ހަތް މީހުން މަރުވެއްޖެއެވެ.

އެ ހަތް މީހުންގެ ތެރެއިން ފަސް މީހުންނަކީ ކުޑަކުދިންނެވެ. އެ ހާދިސާގައި 10 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

އެ ހާދިސާގައި ގެއްލުންވި މީހުން ހޯދައި، ސަލާމަތްކުރުމުގެ މަސައްކަތް ވާރޭ ވެހުމުގެ ސަބަބުން ވަނީ ހުއްޓައިލަން ޖެހިފައެވެ.

ޕިލިޕީންސްގެ ކާރިސާތަކާ ބެހޭ އޮފީހުގެ ހިސާބުތަކުން ދައްކާ ގޮތުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ދާވާ ސަރަހަދުގެ ހަތަރު ޕްރޮވިންސަށް ވަނީ ގެއްލުންވެފައެވެ. އެ ހާދިސާގެ އަސަރުކުރި މީހުންގެ އަދަދު 187،000 އަށް ވަނީ އަރައިފައެވެ.

އަހަރަކު ގާތްގަނޑަކަށް 20 ވަރަކަށް މޫސުމީ ތޫފާނުތައް އަންނަ ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ހާދިސާތައް ގިނަ ގައުމެކެވެ.

comment ކޮމެންޓް