ބޮއިކޮޓު ހަރަކާތުގެ ސަބަބުން އިންޑިއާ ފަތުރުވެރިން މަދެއްނުވޭ: މަޓާޓޯ

އޮގަސްޓް 11، 2021: ފަތުރުވެރިން ރާއްޖެ އައުން: ބޮއިކޮޓު ހަރަކާތުގެ ސަބަބުން އިންޑިއާ ފަތުރުވެރިން މަދުނުވާ ކަމަށް މަޓާޓޯއިން ވަނީ ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް އިންޑިއާގައި މި ވަގުތު ކުރިއަށްގެންދާ "ބޮއިކޮޓް މޯލްޑިވްސް" ހަރަކާތުގެ ސަބަބުން، އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުނުވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން އިއްޔެ ބުނެފިއެވެ.

އިންޑިއާގެ ބައެއް ރައްޔިތުންނާއި ބައެއް ދިވެހިންނާ ދެމެދު މީސްމީޑިއާގައި ވަމުން އަންނަ އަރައިރުންތަކާ ގުޅިގެން ހޮޓަލްތަކުގެ ބުކިން ކެންސަލްކޮށްފައި ހުރި މިންވަރު ބެލުމަށް މަޓާޓޯއިން ވަނީ ސާވޭއެއް ހަދާފައެވެ.

އެ ސާވޭގެ ނަތީޖާ ހިއްސާކޮށް މަޓާޓޯއިން ބުނީ، އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ގިނަ އަދަދަކަށް އަންނަން ފަށާފައި ވަނީ، 2020ވަނަ އަހަރު ކަމަށެވެ. އެ އަހަރު ރާއްޖެއަށް އިންޑިއާއިން 62,960 ފަތުރުވެރިން އައިސްފައި ވާއިރު، 2021 ވަނަ އަހަރު ރާއްޖެ އައިސްފައި ވަނީ، 291,787 ފަތުރުވެރިންނެވެ. އަދި, ޖެހިގެން އައި 2022 ވަނަ އަހަރު އެ ގައުމުން 291,787 ފަތުރުވެރިން އައިއިރު، ނިމިދިޔަ 2023ވަނަ އަހަރު އިންޑިއާއިން އައިސްފައި ވަނީ، 209,198 ފަތުރުވެރިންނެވެ.

މަޓާޓޯއިން ފާހަގަ ކޮށްފައިވާ ގޮތުގައި 2020 އަހަރުން ފެށިގެން ރާއްޖޭގައި އިންޑިއާ ފަތުރުވެރިން ގިނަވެފައިވަނީ، ކޮވިޑް19 އާއި ކަރަންޓީނާ ގުޅިގެންނެވެ. އަދި, އޭރު އިންޑިއާއިން މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރި ގިނަ ފަތުރުވެރިން ރާއްޖޭގައި މަޑުކުރުމަށް ފަހު މެދުއިރުމައްޗަށް ގޮސްފައިވާކަމަށް ވެސް މަޓާޓޯގެ ސާވޭއިން ދައްކައެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އިންޑިއާއިން އައި ނަމަވެސް، 2022ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އިންޑިއާ ފަތުރުވެރިން ވަނީ 13.3 ޕަސަންޓަށް ދަށްވެފައެވެ.

ފަންސާސް ދެ ފަތުރުވެރިންގެ ތަފާތަކުން މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާ މާކެޓުންނެވެ. މަޓާޓޯއިން ފާހަގަކޮށްފައިވާ ގޮތުގައި ރަޝިއާ ފަތުރުވެރިން އިންޑިއާ ފަތުރުވެރިންނަށް ވުރެ ގިނަ ދުވަސް ރާއްޖޭގައި ހޭދަކޮށް، ޚަރަދު ކުރެއެވެ.

އެ ސާވޭއިން ދައްކާގޮތުގައި މި ފަހުން އިނޑިއާގެ ބައެއް ބުކިންތައް ކެންސަލްކޮށް އިންޑިއާ ފަތުރުވެރިން ކޮންމެ ވެސް ވަރަކަސް މަޑުޖެހުނެވެ. ނަމަވެސް، މި މަހު އިންޑިއާ ފަތުރުވެރިން ދަށްވެފައިވަނީ، އެހެން އަހަރުތަކުގައި ވެސް މި މަހު އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވާ މިންވަރަށްކަމަށް މަޓާޓޯއިން ފަހަގަކޮށްފައިވެއެވެ.

އިންޑިއާގެ ލަކްޝަދުވީޕްގެ ރަށްތަކުގެ ފަތުރުވެރިކަމުގެ ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތާ ގުޅިގެން މީގެ ކުރިން މަޓާޓޯއިން ބުނެފައިވަނީ، އެކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށާއި، އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށެވެ.

comment ކޮމެންޓް