އާސަންދައިން މިހާރު ޑީއެންއޭ ޓެސްޓް ހެދޭނެ

ޑީއެންއޭ ޓެސްޓް ހެދުމަށް ސާމްޕަލް ނަގާފައި-- ފޮޓޯ: އޭޒެޑްސެންޓްރަލް

ދިވެހި ދައުލަތުގެ އިންޝްއަރެންސް ނިޒާމު، އާސަންދައިގެ ދަށުން މިހާރު ޑީއެންއޭ ޓެސްޓު ހެދޭނެ ކަމަށް، ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޑީއެންއޭ ޓެސްޓް އާސަންދައިގެ ތެރެއިން ހެދޭނެ ގޮތް ހަމަޖެެއްސީ ރައްޔިތުންނަށް ދޭ ސިއްހީ ޚިދުމަތް ހަރުދަނާ ކުރުމަށް ކަމަށެވެ.

މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ.

މީގެ އިތުރުން، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި، ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ބޭސް ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިދީފައެވެ.

މީގެއިތުރުން، މާލެ އާއި އަތޮޅުތެރެއިން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ބޭހާއި އެހެނިހެން ކޮންސިއުމަބަލްސް ލިބޭނެގޮތް ވެސް ވަނީ ފަހިކޮށްދީފައެވެ.

މި އަހަރު ތެރޭގައި ދައުލަތުގެ ޚަރަދުގައި ފަސް ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދިނުމަށް ނިންމައިފައިވާކަމަށް ސަރުކާރުން ބުންޏެވެ.

https://sun.mv/185897

ހަމައެއާއެކު، ބޯންމެރޯ ޓްރާންސްޕާލަންޓް ހެދުމަށް ދައުލަތުގައި ގިނަ ބަޔަކު އެދިފައިވުމުން، ކުރިއަށް އޮތް އަހަރުތަކުގައި، ޓްރާންސްޕްލާންޓަށް ޝަރުތު ހަމަވާ ކުދިންނަށް އެ އޮޕަރޭޝަން ހެދޭނެ ގޮތް މަގުފަހިކޮށްދިނުމަށާއި އެ ކަމަށް ޚާއްޞަ ނިޒާމެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

އެގޮތުން، ތެލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

comment ކޮމެންޓް