ލަސްވިޔަސްގެ ޝޫޓިން ނިންމާލައިފި

މުހައްމަދު ނިޔާޒް (ޓެޑްރީ) ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ކުރަމުން އަންނަ ފިލްމު "ލަސްވިޔަސް"ގެ ޝޫޓިންގެ މަސައްކަތް ނިންމާލައިފިއެވެ.

ބައްޔަކާ ހަނގުރާމަކުރާ ކުޑަ އަންހެން ކުއްޖެއްގެ ވަށައިގެން އެނބުރޭ ވާހަކައެއް ކިޔައިދޭނެ "ލަސްވިޔަސް" އަކީ ޓެޑްރީ އެތައް އަހަރެއްގެ މަސައްކަތަށް ފަހު ހަގީގަތަކަށް ވާން ފަށާފައިވާ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން ފަށާފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުގައެވެ.

ފިލްމުގެ ޝޫޓިން އެކި ބަޔަށް ބަހާލައިގެން ކުރިއަށް ގެންދާއިރު އެ ފިލްމުގެ ޝޫޓިން ތިން މަހަށް މެދު ކަނޑާލުމަށްފަހު އަލުން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައެވެ. އެންމެފަހުން ޝޫޓިން އެއްކޮށް ނިންމާލާފައިވާ ކަމަށާއި އެންމެ ފަހުގެ މަންޒަރުތައް އިއްޔެ ނަގާފައިވާ ކަމަށް ޕްރޮޑަކްޝަނުން ވަނީ ހާމަކޮށްފައެވެ.

ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކުރާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަންއެވެ. އޭގެއިތުރުން އަހުމަދު އީސާ (އާނަންދު) އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ ވެސް މި ފިލްމުން ފެންނާނެއެވެ.

ލަސްވިޔަސްގައި ވާޝިޔާ ފެނިގެންދާނީ ޔުސްރާ ކިޔާ ރޯލަކުންނެވެ. އަދި އާނަންދު ފެންނާނީ އިޤްބާލް ކިޔާ މީހެއްގެ ރޯލުންނެވެ. ޑްރާމާ ޖޯންރާއަށް ގެނެސްދޭ މި ފިލްމުގައި ޒޯޔާ ފެނިގެންދާނީ ފެނިގެންދާނީ ހަމްރާގެ ރޯލުންނެވެ.

އެ ފިލްމަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އަމިއްލަ ޕްރޮޑިއުސް/ޑައިރެކްޓްކުރާ ފިލްމެކެވެ. "ލަސްވިޔަސް" ވާނީ ޓެޑްރީގެ ތިން ވަނަ ފިލްމަށެވެ. އޭނާގެ ފުރަތަމަ ފިލްމު "ދެރިޔާ" އަދި ކާމިޔާބު ފިލްމު "އަމާނާތް" ވެސް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފަ އެވެ.

View this post on Instagram

A post shared by Tedry Niyaz (@tedryniyaz)

comment ކޮމެންޓް