ސެލީނާއާއި ޓޭލާ މި ދެއްކީ ކޮން ވާހަކައެއް؟

އިއްޔެ ކުރިއަށް ގެންދިޔަ ގޯލްޑެން ގްލޯބް އިވެންޓުގައި ފާހަގަކޮށްލެވޭ އެތައް ކަންތައްތަކެއް ވަނީ ހިނގާފައެވެ. ނަމަވެސް މި ވަގުތު އެންމެ ވައިރަލް ވަނީ މަޝްހޫރު ތަރިން ކަމަށްވާ ޓޭލާ ސްވިފްޓާއި ސެލީނާ ގޮމޭޒް އާ ދެމެދު ދެކެވުނު ވާހަކައެވެ.

ސޯޝަލް މީޑިއާއަށް ވައިރަލް ވަމުންދާ ވީޑިއޯއެއްގައި ޓޭލާއާއި ސެލީނާ ވާހަކަ ދައްކާ މަންޒަރު ފެނެއެވެ. މަންޒަރުން ފެންނަ ގޮތުގައި ސެލީނާ ކޮންމެ ވެސް ވަރުގަދަ ހަބަރެެއް ޓޭލާއަށް ދެނީއެވެ. އަދި ޓޭލާ އެކަމާ ހައިރާންވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. ނަމަވެސް މި ވީޑިއޯގައި ދެ މީހުން ދައްކަނީ ކޮން ވާހަކައެއް ކަމެއް ނޭނގެއެވެ.

އެއާއެކު އެތައް ބަޔަކު ބޭނުންވީ ދެ މީހުން ދައްކާ ވާހަކައެއް ހޯދުމަށެވެ. އަދި، އެ މީހުންގެ ދެމެދު ދެކެވުނު ވާހައެއްގެ އިންތިޒާރުގައި އެތައް ބަޔަކު ކެތް މަދުވެފައި ތިބީ ބަޔަކު އެ މަންޒަރު ލިޕް ރީޑް ކުރޭތޯ ވެސް ބަލަބަލައެވެ.

މިހާރު އެންމެ ފަހުން މި ވަނީ ދެ މީހުންގެ މެދުގައި ދެކެވުނީ ކޮން ވާހަކައެއްކަން ހާމަވެފައެވެ. ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުގައި ދެ މީހުންގެ ދެމެދުގައި ވާހަކަ ދެކެވިފައިވަނީ މަޝްހޫރު ތަރި ޓިމޮތީ ޝަލަމޭގެ ވާހަކައެވެ.

ސެލީނާ ދިޔައީ ޓިމޮތީއާ އެކު ފޮޓޯއެއް ނަގާށެވެ. ނަމަވެސް ފޮޓޯ ނަގަން ދިޔައިމާ، މަގުބޫލު ތަރި ކައިލީ ޖެނާ ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. ކައިލީއާއި ޓިމޮތީ މި ވަގުތު އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. އެއާއެކު ސެލީނާއާ އެކީގައި ފޮޓޯ ނަގަން ޓިމޮތީއަށް ހުއްދަ ނުދިނީއެވެ.

ސެލީނާ ގޮސް ޓޭލާ ގާތު ބުނީ މި ވާހަކައެވެ. ޓޭލާގެ ރިއެކްޝަން ފެންނަނީ އެ ވާހަކަ އަޑު އިވިފައެވެ.

މިކަމާ ގުޅިގެން އެތައް ބަޔަކު އަންނަނީ މުޅި ހާދިސާއަށް މަލާމަތްކޮށް ފާޑު ކިޔަމުންނެވެ. އެއްބައި މީހުން ސެލީނާއަށް ފާޑު ކިޔާއިރު އަނެއް ބަޔަކު ކައިލީއަށެވެ.

comment ކޮމެންޓް