ހުޅުމާލޭ އިރުއުތުރު ފަޅުގައި އަޅައިފައިވާ އުޅަނދުތައް ނަގަން އަންގައިފި

ވީއައިއޭގެ އާ ރަންވޭއާ ދިމާލުން އޮންނަ އިރުއުތުރު ފަޅު ދަނީ ---- ފޮޓޯ: އެމްއޭސީއެލް/ ޓްވިޓާ

ހުޅުމާލޭ އިރު އިތުރުފާރާތުގައި ހުޅުމާލެ އާއި ހުޅުލޭ ވަކިކުރުމަށް ޓަކައި ވޯޓާ އެރޮޑްރޯމް ފެންސް ޖެހުމަށް ހަރުކޮށްފައިވާ, ފައިލިން ސަރަހައްދުގައި އަޅައިފައިވާ ކަނޑު އުޅަނދުތައް ނެގުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު އަންގައިފިއެވެ.

އެގޮތުން، އެ ކުންފުނިން ވަނީ ހުސްކުރަންޖެހޭ ސަރަހައްދުގެ ޗާޓެއް އެކްސްގައި އާންމުކޮށްފައެވެ.

އަދި، އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން އެ ސަރަހައްދުގައި އަޅައިފައިވާ އުޅަންދުތައް ނެގުމަށް އެ ކުންފުނިން އެންގިއެވެ.

އެގޮތުން، ކަނޑު އުޅަނދުފަހަރުގެ ރައްކާތެރިކަމަށް ޓަކައި ޖަހާފައިވާ ފައިލިން އިން ފެށިގެން ހުޅުމާލޭއާވީ ފަޅިއަށް 10 މީޓަރު ނުވަތަ 32 ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށް އެ ކުންފުނިން އިލްތިމާސްކުރިއެވެ.

އަދި، އެ ކުންފުނިން އެ ސަރަހައްދަށް ވަންނަ އުޅަނދުތަކަށް ލިބޭ އެއްވެެސް ގެއްލުމަކަށް ޒިންމާ ނުވާނެކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި ނުނަގައި ހުންނަ އުޅަނދުފަހަރު އަންނަ ބުދަ ދުވަހުން ފެށިގެން ފުލުހުން ނަގަމުން އަންނާނެކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް