އެޑިއުކޭޝަންގެ ޕީއެސް ސަސްޕެންޑްކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އަޙްމަދު އައްޔަން ކުރައްވައި ކުރީގެ މިނިސްޓަރު ޑރ. އައިޝަތު އަލީ ލިޔުން ހަވާލު ކުރައްވަނީ-- ފޮޓޯ: އެޑިއުކޭޝަން

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަލީ ސަސްޕެންޑް ކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އިއްޔެ އަޙްމަދު ސަސްޕެންޑް ކުރީ އެއް މަސް ދުވަހަށެވެ.

އޭނާ ސަސްޕެންޑް ކުރީ އޭނާގެ މައްޗަށް ތުހުމަތުކޮށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަތަކެއްގެ ސަބަބުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އިތުރު ތަފުސީލެއް އަދި ނުލިބެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީޑިއާއަށް މައުލޫމާތު ދިނުމަށް ކަނޑައަޅުއްވާފައިވާ ބޭފުޅުން ފޯނަށް ޖަވާބު ނުދެއްވާތީ އެ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ޕާމަނަންޓް ސެކްރެޓަރީއަކީ އެ މިނިސްޓްރީއެއްގައި ހުންނަވާ ސިވިލް ސާވިސްގެ އެންމެ އިސް މުވައްޒަފެވެ. ދެހާސް ނަވާރަ ވަނަ އަހަރު ފަސް އަހަރުގެ މުއްދަތަކަށް އެ މަގާމަށް އައްޔަން ކުރައްވާފައިވާ އަޙްމަދަކީ ތައުލީމީ ދާއިރާގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް