އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މާގާމަށް ދެ ބޭފުޅުން އައްޔަންކުރައްވަނީ-- ފޮޓޯ/އައިޔޫއެމް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަޤާމަށް ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

އެ މަގާމަށް ބޭފުޅުން އައްޔަންކުރުން އޮތީ އައިޔޫއެމްގައި ރޭ އޮތް ހަފުލާއެއްގައެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް ޢައްޔަންކުރެއްވި ދެ ބޭފުޅުންނަކީ ޑރ. އައިޝަތު ވަހީދާ އާއި، އަހްމަދު އަމީން މުހައްމަދެވެ.

ޑރ. އައިޝަތު ވަހީދާ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމަށް އައްޔަންކުރައްވަނީ-- ފޮޓޯ/އައިޔޫއެމް

ޑރ. އައިޝަތު ވަހީދާ އައްޔަންކުރައްވާފައިވަނީ އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލާ އޮފް އެކެޑަމިކް އެފެއާޒްގެ މަޤާމަށެވެ.

އަދި އަހުމަދު އަމީން މުހައްމަދު އައްޔަން ކުރައްވާފައި ވަނީ ޑެޕިއުޓީ ވައިސް ޗާންސެލާ އޮފް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ މަޤާމަށެވެ.

އެ ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ އައިޔޫއެމްގެ ޗާންސެލާ ޑރ. މުޙައްމަދު ޒާހިރު ހުސައިންނެވެ.

އައިޔޫއެމްގެ ވައިސް ޗާންސެލަރަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރެވެ.

comment ކޮމެންޓް