އާ އަހަރާ އެކު ޖިމަށް ދާން ފެށީތަ؟

ކޮންމެ އަހަރެއް ފެށޭނީ ގިނަ ބައެއް ތަފާތު ކަންތައްތަކެއް ކުރުމަށް އަޒުމު ކަނޑައަޅައި ތަފާތު އެކި ރެޒޮލިއުޝަންތައް ހަދައިގެންނެވެ. މުޅި ދިރިއުޅުން ރަނގަޅު މަަގަކަށް އަނބުރާލުމަށް އާ އަހަރާ އެކު މަސައްކަތް ފަށާނެއެވެ. މި އަމާޒާއެކު އެންމެ ގިނަ ބަޔަކު އަޒުމު ކަނޑައަޅާ އެއް ކަމަކީ ޖިމަށް ދިޔުމެވެ.

ކޮންމެ އަހަރެއް ފެށޭ އިރަށް ދުޅަހެޔޮ އާދަތައް އަށަގަންނުވަން މަސައްކަތްކުރަން އަޒުމު ކަނޑައަޅައެވެ. އަދި އަހަރު ފެށޭނީ އެ އާދަތަކަށް އަލި އަޅުވައިލަމުންނެވެ. މި ގޯލާ އެކު ޖިމަށް ދާން ގިނަ ބަޔަކު ފަށައެވެ.

މި އަހަރު ފެށުނުއިރު ވެސް ޖިމްތަކަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑުވެފައެވެ. ކޮންމެ އަހަރެއްގެ ފެށުމާ އެކު ޖިމްތަކަށް ބާރު ބޮޑުވާނެއެވެ. ނަމަވެސް އަހަރު ހިނގަމުންދާ މިންވަރަކަށް ޖިމަށް ދާ މީހުންގެ އަދަދު ވެސް ދަށް ވަމުން ދާނެއެވެ. މިއީ އާ ކަމެއް ނޫނެވެ.

އެހެންވީމާ މި އަހަރު ފެށިގެން ކުރިއަށްދާއިރު ޖިމަށްދިޔުމަށް މޯޓިވޭޝަން ބަހައްޓަން ވަރަށް ރަނގަޅެވެ.

"ވަރަށް ފަސޭހައިން މޯޓިވޭޝަން ގެއްލޭ ދުވަސްކޮޅެއް ވާއިރަށް. އެހެންވީމާ ކައިރީގައި އުޅޭ މީހުންނަކީ މޯޓިވޭޝަން ދެވޭ މީހުންނަށް ވާން ޖެހޭނެ،" އުމުރުން 24 އަހަރުގެ އަޔާން ކިޔައިދިނެވެ.

ޖިމަށް ދިޔުމަށް ބާރު އަޅައި ގަވާއިދުން އެގޮތަށް އުޅޭ މީހަކާ އެކު އުޅުމަކީ ޖިމަށް ދިޔުމަށް އޭނާއަށް ލިބުން އެންމެ ބޮޑު މޯޓިވޭޝަން ކަމަށް އަޔާން ކިޔައިދިނެވެ.

އާ އަހަރާ އެކު ގޯލު ކަނޑައަޅާފައި ޖިމް ގޯލް މި ފަހަރު ކާމިޔާބު ކުރެވޭ ބަލަން ވަރަށް ރަނގަޅެވެ.

މިއީ އަހަރުގެ ފުރަތަމަ މަހަށްވީއިރު އަމާޒު ކަނޑައެޅިދާނެ އަދި ތަފާތު ކަންތައް ހިމެނެއެވެ. އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ،

  • ފަައިސާ ބަޖެޓުކުރަން ސިސްޓަމެއް ހަދައި ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ހެދުން
  • ކޮންމެ ހަފުތާއަކު ވެސް މީގެ ކުރީން ތައްޔާރުކޮށްފައިނުވާ އާ އެއްޗެއް ކެއްކުމަށް މަސައްކަތް ކުރުން
  • ދުޅަހެޔޮ ނިދުމުގެ އާދަތައް އަށަގެންނެވުން (މަދުވެގެން ހަ ގަޑިއިރުގެ ނިދި ހޯދުމަށް މަސައްކަތް ކުރުން)
  • ހެލްތު ސްކްރީނިން އެއް މަދުވެގެން އަހަރަކު އެއްފަހަރު ހެދުމަށް މަސައްކަތް ކުރުން
  • ކުޅަދާނަކަން ހުރި މީހުން ލިފްޓުތައް ބޭނުން ކުރުމުގެ ބަދަލުގައި ވީހާ ވެސް ގިނައިން ސިޑި ބޭނުން ކުރަން މަސައްކަތް ކުރުން
comment ކޮމެންޓް