ފޯކައިދުއާ ދިމާލުން އޮނުތަކެއް އޮޔާދާތީ ދަތުރުކުރުމުގައި ސަމާލުވާން އެދިއްޖެ

ށ.ފޯކައިދޫ އާދިމާ ކަނޑުމަތިން އޮނުތަކެއް އޮޔާދަނީ--ފޮޓޯ/އެމްއެންއެފް

ށ. ފޯކައިދޫ ކައިރީ ކަނޑުމަތިން އޮނުތަކެއް އޮޔާދާތީ އެ ސަރަހައްދުން ކަނޑު ދަތުރާއިރު ސަމާލުވުމަށް އެމްއެންޑީއެފްއިން އެދިއްޖެއެވެ.

އެމްއެންޑީއެފްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވާގޮތުން މި އޮނުތައް ދެފެންދޭތެރެއިން އޮޔާ ދަނީ ފޯކައިދުއާއި، އެ އަތޮޅު މަޑިދުއާ ދޭތެރެއިން ހުޅަނގު އުތުރަށް، އެ އަތޮޅު ފޭދުއާ ދިމާލަށެވެ.

އެހެންވެ، އެ ސަރަހައްދުން ދަތުރުކުރާ މީހުން، ޚާއްޞަކޮށް ރޭނގަޑު ދަތުރުކުރާ މީހުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރިއެވެ.

މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް ވެސް އިރުވައި މޫސުމުގެ ވިއްސާރަކުރަމުން އަންނައިރު، ކަނޑުތައް ވެސް ގަދައެވެ.

މި އަހަރު މޫސުން ރަނގަޅުނުވެ، ދިގުލައިގެން ގޮސްފައިވަނީ މި ސަރަހައްދުގެ އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކެއްގެ ސަބަބުން ކަމަށް މީގެ ކުރިން މެޓު އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް