ކެޓްރީނާ އާއި ވިޖޭގެ ފިލްމުގައި ގޮތް ނޭނގޭ ގިނަ ކަންތައްތަކެއް

ކުރިޔަށް އޮތް ޖަނަވަރީ މަހުގެ 12ވަނަ ދުވަހު ސިނަމާތަކަށް ގެންނަ ފިލްމު "މެރީ ކްރިސްމަސް"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.

ކުޅަދާނަ ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ މި އުފެއްދުމަކީ، ލޯބީގެ ހާދިސާއަކުން ފެށުމަށް ފަހު އަންހެން ކުއްޖެއްގެ މަރުގެ ޙަޤީޤަތް ހޯދުމުގެ ތަހުގީގުން ނިމޭ ފިލްމެކެވެ. ބަތަލާ ކެޓްރީނާ ކައިފާއެކު ފިލްމުގެ ލީޑް ރޯލްއިން ފެންނާނީ އިންޑިއާގެ ސައުތު ސިނަމާގެ އެންމެ މަގުބޫލު އެކްޓަރުންގެ ތެރޭ ހިމެނޭ ވިޖޭ ސެތުޕަތީއެވެ.

ފިލްމުގެ ޓްރެއިލާ ބެލުމަށް ފަހު ބައެއް ފަރާތްތަކުން ބުނެފައި ވަނީ ޓްރެއިލާގައި ޝައުގުވެރިވާ ފަދަ ކަންކަމެއް ނުފެންނަ ކަމަށެވެ. މި ފަރާތްތަކަށް ރައްދު ދެމުން ޑައިރެކްޓަރު ސްރީރާމްއަށް ތާއީދުކުރާ ފަރާތްތަކުން ބުނެފައި ވަނީ ޑައިރެކްޓަރު ސްރީރާމް އާދައިގެ ވާހަކައަކަށް ބިނާކޮށް ފިލްމެއް ނުގެނެސްދޭނެ ކަމަށާއި އެންމެ ފަހުން ގެނެސްދިން ފިލްމު ބެލުމަށްފަހު ބައެއް ފަރާތްތަކުން ގެއަށް ދާ މިސްރާބު އޮޅުނު ކަމަށެވެ.

އެ ފަރާތްތަކުން އިޝާރާތް ކޮށްފައި ވަނީ ޤައުމީ އެވޯޑް ވެސް ލިބުނު ސްރީރާމްގެ ފިލްމު "އަންދާދުން"އަށެވެ.

ބަތަލާ ކެޓްރީނާ ކައިފް ފިލްމު "ޓައިގާ3"ގެ މަންޒަރެއްގައި -- ފޮޓޯ. ފިލްމްފެއަ ނިވްސް

ފިލްމު "މެރީ ކްރިސްމަސް" އަކީ ބަތަލާ ކެޓްރީނާ އާއި ވިޖޭ އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. ކެޓްރީނާ އާއި ވިޖޭގެ އިތުރުން ކުރީގެ ފިލްމީ ތަރި ސަންޖޭ ކަޕޫރު އަދި ބަތަލާ ރާދިކް އަޕްޓޭ މުހިއްމު ރޯލް ކުޅޭ މި ފިލްމު ތަމަޅަ ބަހުންނާއި ހިންދީ ބަހުން ރިލީޒް ކުރާ ގޮތަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް