ޕްރެޒެންޓަރު ޒިޔާއު ބީސީސީގެ އެމްޑީ ކަމަށް

ބީސީސީގެ އެމްޑީއަކަށް ޒިއާއު އައްޔަންކޮށްފި --- ފޮޓޯ/ ބީސީސީ

ޓީވީ ޕްރެެޒެންޓަރު އިބްރާހިމް ޒިޔާއު މުހައްމަދު، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ކަމަށް މިއަދު އައްޔަންކޮށްފިއެވެ.

އެމްޑީއަކަށް ހަމަޖެއްސުމުގެ ކުރީގައި ޒިޔާއު ހުންނެވީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ބީސީސީގެ ހެޑްއޮފް އައުޓް ރީޗުގެ މަގާމުގައެވެ.

މީގެ ކުރިން ޒިޔާއު ވަނީ ޓީވީއެމްގައި ނޫސްވެރިއެއްގެ ވަޒީފާ އަދާކުރައްވައިފައެވެ.

އަދި، ތަފާތު ޕްރޮގްރާމުތައް ހުށައަޅައިގެން އޭނާ ވަނީ އާންމުގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައެވެ. އެގޮތުން ޒިޔާއު ވަނީ ރާއްޖޭގައި އަލަށް ބޭއްވުނު މޯލްޑިއަން އައިޑަލް ހޯސްޓުކޮށްފައެވެ. އަދި ޚަބަރާއި ޑޮކުމަންޓްރީތަކާއި އެހެނިހެން ޝޯތަށް ވެސް ޒިޔާއު ވަނީ ޕްރެެޒެންޓުކޮށްދީފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބީސީސީއަކީ ރާއްޖޭގެ ހުރިހާ ބިޒްނަސް ސެންޓަރުތަކެއްގެ މަސައްކަތް ބަލަހައްޓަމުންދާ ކުންފުންޏެކެވެ.

ސަރުކާރުގެ ގިނަ މަގާމުތަކަށް ބޭފުޅުން އައްޔަންކުރަމުންދާއިރު މިއަދު ވަނީ އެމްއެމްޕީއާރުސީގެ އެމްޑީއަކަށް ފާތިމަތު ތައުފީގު (ކުޑީ) އައްޔަންކުރައްވާފައެވެ.

comment ކޮމެންޓް